އެއްޖިންސުން ގުޅުން ހިންގުމަށް ދައުވަތުދެމުން ދަނިކޮށް ބ.ގޮއިދޫން ބޭރުކޮށްލި ގޯރީ ޝަންކަރު
އެއްޖިންސުން ގުޅުންހިންގުމަށް އެދެމުންދިޔަ ބިދޭސީ ޓީޗަރު އުމުރަށް ޑީޕޯޓްކޮށްލަނީ
މަރްޔަމް މުޙައްމަދު 21 މޭ 2025 (ބުދަ)   16:38
އެއްޖިންސުން ގުޅުން ހިންގުމަށް ދައުވަތުދީ ގިނަބައެއްގެ ކައިރީ އެކަމަށް އެދެމުންދަނިކޮށް ބ. ގޮއިދޫން ބޭރުކޮށްލި ބިދޭސީ ޓީޗަރު ދުވަހަކުވެސް ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްލުމަށް މިހާރު ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، ބ. ގޮއިދޫ ސްކޫލްގައި އިނގިރޭސި ކިޔަވައިދޭ އިންޑިއާ ޓީޗަރެއްގެ ބަދުއަހުލާގީ މައްސަލަތަކެއް ފެންމަތިވެފައި ވާތީ އޭނާ ބްލެކް ލިސްޓުކޮށް، ރާއްޖެއަށް ނާދެވޭ ގޮތަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ، ގޯރީސަންކަރު ނަމަކަށް ކިޔާ އެ ފިރިހެން ޓީޗަރު ބަދުއަހުލާގީ އަމަލު ހިންގުމަށް އެދި އެހެން ފިރިހެނުންނަށް މެސެޖުކޮށްފައި ހުރި ޗެޓްލޮގްތަކަކާއެކު އޭނާގެ މައްސަލަ އެ މިނިސްޓްރީއާ ހަމައަށް އައުމުން އެކަމާ ވަގުތުން ފިޔަވަޅު އަޅަން ފަށާފައި ވާކަމަށެވެ.

ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮއިދޫން ބަޔަކުނިކުމެ ޝަންކަރު އަތުލައިގެންފައި ވަނީ ވެސް، ހޮނިހިރު ދުވަހުގެ ރޭ އެއްޖިންސުން ގުޅުންހިންގުމަށް މީހަކަށް ދައުވަތެއްދީ، އެމީހާގެ އިންތިޒާރުގައި ޝަންކަރު މަޑުކޮށްގެން ހުއްޓައެވެ. އަދި އޭނާ އަތުލައިގަތުމަށްފަހު ފުލުހުންނާ ހަވާލުކުރުމުން، އޭނާ ގޮއިދޫން ބޭރުކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ޖެހިގެން އައި ދުވަހުއެވެ.

މި މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނެފައިވަނީ، އެކަމާ ގުޅުންހުރި އެހެން އިދާރާތަކުގެ ސަމާލުކަމަށް ވެސް މައްސަލަ ގެނެސް، އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނު ހިސާބުން ސީރިއަސް ކަމެއްގެގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް