ޕީއެންއެފްގެ ފޮރޮންޓް އޮފީސް ޖަލްސާގައި އާދީއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަށް ދާދިފަހުން ލިބުނު ވަނައާމެދު ފާޑު ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ، މިސަރުކާރަށް ވަނަ ދޭން ޖެހޭނީ މޮޅެތި ގޮތް ގޮތަށް ވައްކަން ކުރާތީ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ކަރަންޓުބިލު ތަކުން ސްޓެލްކޯއިން ކުރާ ވައްކަމުގެ މައްޗަށް ވާހަކަދައްކަވަމުން ރައީސްޔާމީން ވިދާޅުވީ، ރައްޔިތުންގެ ކަރަންޓުބިލުތައް އަތް ނުފޯރާ ފަށަށް ގޮސްފާވާއިރު ގިނަ ގޭބިސީތަކުގެ ކަރަންޓު ބިލު ވަނީ އެ ތަންތަނުގެ ކުއްޔަށް ވުރެ ވެސް ބޮޑުވެފައި ކަމަށެވެ.
ރޯދަމަހާއި ދިމާކޮށް ރައްޔިތުންގެ ކަރަންޓް ބިލުތަކުން ޑިސްކައުންޓް ދޭ ގޮތަށް ރައީސް މުއިއްޒު ވިދާޅުވެފައި ވީނަމަވެސް، ބިލްތަކުން އުނިވި އެންމެ ރުފިޔާއެއްވެސް ނެތް ކަން ފާހަގަކުރައްވަމުން ރައީސްޔާމީން ވިދާޅުވީ، އޭގެބަދަލުގައި ޑިސްކައުުންޓާއި ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުވީ ޑަބަލް ބޮޑުވެފައިވާ ކަމަށެވެ.
މި ރާއްޖޭގައި މިވަގުތު އޮތް ސަރުކާރަކީ ނާގާބިލު ސަރުކާރެކޭ ދެންނެވެން ނެތްކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، މިސަރުކާރުން ކުރާ ހުރިހާ ކަމަކީ ވަރަށް ވިސްނުން ތެރިކަމާއެކު ކުރާ ކަންތައް ތަކެއްކަން ކަރަންޓު ބިލްތަކުން ހާމަވާ ކަމަށާ ސަރުކާރުން ކުރަމުންދާ މިހުރިހާ ކަމަކުންވެސް ދޭހަވަނީ ސަރުކާރުގެ ކުޅަދާނަކަމާއި ހުށިޔާރުކަން ކަމަށެވެ.
އަދި މިސަރުކާރުގެ ގާބިލުކަމުން މިހާރު މި ސަރުކާރުން ވައްކަން ކުރުން ވެސް ޑިޖިޓަލައިޒް ކޮށްފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.