ވައްކަންކުރި މީހާގެ ބަންދުގެ އަމުރުން އެނގޭ ގޮތުގައި މޫނު ބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ އޭނާ ވަގަށް ނަގާފައި ވަނީ 67،500ރ. ގެ އަގުހުރި "އޮމެގާ" ބްރޭންޑުގެ ގަޑިއެކެވެ. އަދި މި ގަޑީ ވަގަށް ނަގުމުން ހައްޔަރުކޮށްފައިވަނީ މުޙައްމަދު ސިމާދު، 47އ. ސ. ހުޅުދޫ، އަބްލައީގެ އެވެ.
އޭނާ އާއެކު އިތުރު ދެ މީހަކު ވެސް އެ ގަޑި ވަގަށް ނެގުމުގައި ބައިވެރިވެފައި ވާއިރު، އެ ގަޑި އަދި ވަނީ ހޯދޭގޮތް ނުވެފައެވެ. އެ ގަޑި އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ބަންދު އަމުރުން އެނގެން އެބައޮތެވެ.
ސިމާދު އަކީ މީގެކުރިން ވެސް މަސްތުވާތަކެތި ވިއްކުމާއި، ބޭނުން ކުރުމާއި، ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި، ކައުންޓާފީޓް ފައިސާ ގެންގުޅުމާއި، ސައިކަލު ވަގަށް ނެގުމާއި، ފިހާރަތަކުން ވައްކަން ކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަންހެނަކަށް ހެދިގެން، ޝަހްސުއޮޅުވާލައިގެން ފޮތްފޮށިގަނޑެއް ތެރޭ ޑްރަގް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުކުރެވުނު މިހަކަށް، އުމުރަށް ޖަލަށްލުމަށް މިދިޔަ ހޯމަދުވަހު ވެސް ވަނީ ހައިކޯޓުން ހުކުމްކޮށްފައެވެ.