ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތައް ބަޔަކު މީހުން ބިރުދައްކާ އިންޒާރު ދީފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ ގެއަށް ރޭގެ 12:15 ހާއިރު ހަތަރު މީހަކު ވަދެ، އެގެއަށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން އެ ހަތަރުމީހުން ވެސް ކުށުގެ ވެށިން ވަނީ ހައްޔަރުކޮށްފައި ކަމަށާ، އެ ހަތަރުމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުން 15 ދުވަހުގެ މުއްދަތެއްގައި ބަންދުގައި ބޭތިއްބުމަށް ކްރިމިނަލްކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ:
މި ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ގޭގެ ވެރިފަރާތަށް އިންޒާރުދީ އަނިޔާ ދިނުމަށް ރޯކޮށްފައި އޮތް ސިނގިރެޓް ބުރިއެއް އެމީހާ ގައިގަ ޖެއްސުމަށާއި ބޮޑު ހީރަސް ދައްޗަކުން އެމީހާ ގަޔަށް ހީރަސް ޖަހަން އުޅޭތަންވެސް ފެނެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުގެ ގޭގެ ވެރިފަރާތާ މައްސަލަ ދިމާވެގެން އުޅެނީ ގެ ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލައެކެވެ.
މި މައްސަލައާ ގުޅޭގޮތުން ބަޔަކު ހައްޔަރުކުރިކަމާއި އެމީހުންނަކީ ކޮންބައެއްކަން ހާމަކުރުމުގެ އިތުރުން، މި މައްސަލައިގެ އިތުރު އެއްވެސް ވާހަކައެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.