އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ޕޯސްޓުން އާންމުކޮށްފައިވާ ލިޔުން.--
ޕޯސްޓްގެ ނަމުގައި ފޮނުވާ މެސެޖުތަކާމެދު ސަމާލުވާން ބުނެފި
މަރްޔަމް މުޙައްމަދު 29 މޭ 2025 (ބުރާސްފަތި)   12:26
ކަސްޓަމަރުންގެ ޕެކޭޖުތައް ޑެލިވަރީ ކުރުމަށް އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން، މޯލްޑިވްސް ޕޯސްޓުން ބުނެފިއެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ، ޕޯސްޓް އޮފީހުގެ ނަމުގައި ފޮނުވާ މެސެޖުގައި ކަސްޓަމަރުގެ ޕެކޭޖް ނުފޮނުވި ވަނީ އެޑްރެސް ނުބައިވުމުން ކަމަށް ބުނާކަމަށެވެ.

އަދި ލިންކް އަކާއެކު ފޮނުވާ މި މެސެޖުގައި ހަ ގަޑިއިރުގެ ތެރޭގައި މައުލޫމާތު ފުރިހަމަ ކުރުމަށް ބުނެފައިވާއިރު އެ މުއްދަތުގައި މައުލޫމާތު ފުރިހަމަ ނުކުރާނަމަ ޕެކޭޖު ނައްތާލާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މި ކަމަށް ސަމާލުވުމަށް އެދި ޕޯސްޓް އޮފީހުން ވަނީ އެއީ ސައްހަ މެސެޖެއް ނޫން ކަމަށާއި މިފަދަ ލިންކްތަކަށް ނުފިއްތުމަށް އެދިފަ އެވެ.

ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަން ފަށާފައި މިވަނީ އޮންލައިންކޮށް ގަނެގެން ރާއްޖެއެތެރެކުރާ މުދާ ޕޯސްޓް މެދުވެރިކޮށް ލިބުން ލަސްވުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ތަފަތު ގޮތްގޮތުން ތަފާތު ނަންނަމުގައި ހިންގާ ސްކޭމްތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެފަދަ ކަންކަމާމެދު ސަމާލުވުމަށް ދޭތެރެ ދޭތެރެއިން އެކި އިދާރާތަކުން ގޮވާލައެވެ. 

ކޮމެންޓް