ފުލުހުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ބަންޑާރަ ކޮށީގައި މިރޭ މީހަކު ނިޔާވެފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ގެންދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނިޔާވެފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެ މީހާއާއި އޭނާ ނިޔާވި ގޮތާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
އެހެންނަމަވެސް، ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތު ތަކުން އެނގޭ ގޮތުގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސާޖެންޓް އިބްރާހީމް އިނާޒް އެވެ.
އޭނާ ފެނިފައިވަނީ ބަންޑާރަ ކޮށީ ފާޚާނާއެއްގައި ދަންޖެހިފައި ހުއްޓާ ކަމަށްވެސް ސޯޝަލްމީޑިއާ ގައި އާންމުވެފައިވެއެވެ.
އެހެންނަމަވެސް މި މައުލޫމާތު އަދި ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެމްއެންޑީއެފް އިން ބުނީ "މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަމުންދާ މައްސަލައަކަށް ވާތީ މައުލޫމާތު ފޯރުކޮށްދޭނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން،" ކަމަށެވެ.