ލަންކާގެ ހަބަރާނާގެ ގަލްވަންގުވާ ސަރަހައްދުގައި ހިނގި މި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓްގެ މައުލޫމާތު ހިއްސާކުރަމުން އެ ގައުމުގެ މީޑިއާތަކުގައި ލަންކާ ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ މަލިންޑާ އެހެލިޔާގޯޑާއިން ކަންޓޭލަށް ސައިކަލެއްގައި ދަތުރުކުރަމުން ދަނިކޮށް އެ ސައިކަލު ލޮރީއެއްގައި ޖެހިގެން ކަމަށެވެ.
އަދި މި އެކްސިޑެންޓާ ގުޅިގެން އެ ސަރަހައްދުން ލޮރީ ފިލައިގެން ގޮސްފައިވީ ނަމަވެސް، އެ އުޅަނދަށް ނިސްބަތްވާ ކަމަށް ބެލެވޭ ބައެއް ބައިތައް އެތަނުން ފެނިފައިވާއިރު، އެ ބައިތައް ފުލުހުންގެ ތަހުގީގުގައި އެ ލޮރީ ދެނެގަތުމަށް ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ލަންކާ ފުލުހުން ބުނެއެވެ.
ރުޕަވަހިނީ އާއި ލޭކް ހައުސްގެ ވެސް ސަރަހައްދީ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ޕްރިޔާން މަލިންޑާ އަކީ ގިނަ ވަސީލަތްތަކާއި ހިދުމަތުގެ ގޮތުން ލަންކާގައި މަޝްހޫރު "ޝަހީމް މީޑިއާ" އިން އެ ގައުމުގައި ވަރަށް އަވަހަށް މަޝްހޫރުވެ އާންމުންގެ މަގުބޫލުކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައިވާ ހީވާގި ޒުވާނެކެވެ.
މަލިންޑާގެ ރިޕޯޓިންގައި ހާއްސަގޮތެއް ފާހަގަކޮށްލެވެނީ، ވަލު ޖަނަވާރު ނުވަތަ ވައިލްޑްލައިފް ރިޕޯޓިންގ އާއި މޮބައިލް ޖާނަލިޒަމްގެ މަލްޓި ޓާސްކް ޖާނަލިސްޓެއްގެ ދައުރު އަދާކުރުމުގައި ކޮށްފައިވާ މަސައްކަތްތަކެވެ.