މި މޭރުމުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ 'ދަސްކުރާ' ބޯޑުއަޅުވައިގެން މި ސަރުކާރު ކުރިއަށް މިދާ ދިޔުމުގެ މިސްރާބު ސީދާ ނުކުރެވިއްޖެނަމަ، މިކަމުގެ އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހޭނީ އާންމު ރައްޔިތުންނަށާއި އެ ރައްޔިތުންގެ ވިޔަފާރިތަކަށް ކަމަށެވެ.
"ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ކަންކަމުގެ ވައްޓަފާޅިއެއް ނެތް، އަމުދުން ކަންކަން ރާވައި ހިންގުމުގެ ޤާބިލުކަމެއް ނެތްބަޔަކު 'ދަސްކުރާ' ބޯޑުއަޅުވައިގެން އުޅޭ މަންޒަރު. މިސްރާބު ސީދާ ނުކުރެވިއްޖެނަމަ މިކަމުގެ އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހޭނީ އާންމު ރައްޔިތުންނަށާއި އެ ރައްޔިތުންގެ ވިޔަފާރިތަކަށް." ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އދ.ގެ އާންމު މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ވެސް ކުރިން ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދުގެ މި ޕޯސްޓް ނިންމަވާލައްވާފައި ވަނީ، ކަރަންޓުން ފެށިގެންގޮސް ދިރިއުޅުމުގެ ހުރިހާ ޒަރޫރީ ކަމެއް މިއަދު ހުރީ އިރު އިރުކޮޅާ ފިޔުޒުދާ ނިވިދިއްލޭ ބޮކި ފައްޗެއްގެ ސިފައިގައި ކަމަށް ސިފަކުރައްވަމުންނެވެ.