ދިވެހި މިޔުޒިކް ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން.--
"ޓޫ އޮފް އަސް" ނޫނަށް، ޝޯވ ދޭނީ ކެނދިކުޅުދޫ އާއި ވެލިދޫގައި
ފިޔެސް 4 ޖޫން 2025 (ބުދަ)   20:38
ރާއްޖޭގެ އެންމެ މަޝްހޫރު ބޭންޑްތަކުގެ ތެރޭގައި ހިމެނޭ "ޓޫ އޮފް އަސް" ކުރިއަށް އޮތް ބޮޑު އީދުގައި ނ.އަތޮޅުގައި ފޯރިގަދަ ދެ ޝޯވ ދޭނެއެވެ.

އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކޮށް އެ މުބާރާތުން ސެކަންޑް ރަނަރަޕް ހޯދި ދިވެހި ބޭންޑް "ޓޫ އޮފް އަސް" ނ.އަތޮޅުގައި ޝޯވ ބާއްވާނީ ކެނދިކުޅުދޫ ގައާއި ވެލިދޫ ގައެވެ.

ކެނދިކުޅުދޫގައި ޝޯވ އޮންނާނީ 6 ޖޫން ވާ ހުކުރު ދުވަހުގެ ރެއެވެ. ވެލިދޫ ގައި ޝޯވ އޮންނާނީ 8 ޖޫން ވާ އާދީއްތަ ދުވަހުގެ ރެއެވެ.

ކެނދިކުޅުދޫ އާއި ވެލިދޫގެ އިތުރުން، މި ބޮޑު އީދު ގައި ޓޫ އޮފް އަސް ޝޯވ ދޭ ރަށްތަކުގެ ތެރޭގައި ބ.ދަރަވަންދޫ އާއި ބ.އޭދަފުއްޓާއި ޅ.ހިންނަވަރު ހިމެނެއެވެ.

"ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" އިން ހޯދި ކާމިޔާބަށްފަހު ޓޫ އޮފް އަސް ވެފައިވަނީ ގިނަ ބަޔަކަށް ވަރަށް މަގުބޫލު ބޭންޑަކަށެވެ. އޭގެ ފަހުން މާލޭ އޮލިމްޕަހުގައިވެސް އެ ބޭންޑުން ވަނީ ވަރަށް ފޯރިގަދަ ދެ ޝޯވ ބާއްވާފައެވެ.

ކޮމެންޓް