އީދުއުފާ ނ.ވެލިދޫ 1446 ސްޓޭޖްޝޯވ - ފޮޓޯ: ފިޔެސް
ވެލިދޫގައި މިއަދާއި މިރޭވެސް އީދު ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ބާއްވައިފި
މުޙައްމަދު ޤާސިމް 7 ޖޫން 2025 (ހޮނިހިރު)   04:28
ނ.ވެލިދޫ އީދުއުފާ 1446 ގެ ފޯރިގަދަ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން، މިއަދާއި މިރޭވެސް ގިނަ ކުޅިވަރުތަކެއް ވެލިދޫގެ މަގުތަކުގަ އާއި ސްޓޭޖް އަދި ކުޅިވަރު މައިދާންތަކުގައި ބާއްވައިފިއެވެ.

އެގޮތުން އީދުގެ ފުރަތަމަ ދުވަސް ރާއްޖޭގެ ހުރިހާރަށެއްގައި ހެން، ވެލިދޫގައި ވެސް މިއަދު ފަށާފައި ވަނީ އެރަށުގެ ރަސްމީ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުމުންނެވެ. އަދި ހަމަ އެއާއެކު އެ މައިދާނުގައި ވެލިދޫ ރައްޔިތުންނަށް އެރަށު ކައުންސިލުންދޭ ހާއްސަ އީދު ސައެއް ވެސް އޮތެވެ.

your imageނ.ވެލިދޫ ބޮޑުއީދު 1446 ބޮޑުޖަމާއަތުގައި އީދު ނަމާދުކުރުން - ފޮޓޯ: ފިޔެސް

އަދި ހަމަ ފާއިތުވި ގިނަ އަހަރުތަކެއްގައި ވެސް އީދާ ދިމާކޮށް ވެލިދޫގައި ބާއްވަމުން އަންނަ ވާދަވެރި، ފައިގަތަޅާ މުބާރާތް މިއަދު ހެނދުނު ވެލިދޫ ރައިވެރިޔާ ބީޗުގައި ވަނީ ފަށާފައެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 ފައިގާތަތަޅާ މުބާރާތް ފެށުން - ފޮޓޯ: ފިޔެސް

your imageއީދުއުފާ ނ.ވެލިދޫ 1446 ފައިގާތަތަޅާ މުބާރާތް ފެށުން - ފޮޓޯ: ފިޔެސް

އަދި މިއަދު ހަވީރު "ބުރުގާ ގަސް" ނެރުމާ، ގަހާއިއެކު ތަފާތު މާލީގެ ހަރާކާތްތައް ވެސް ވެލިދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ދިޔައެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 ބުރުގާ ގަހާއި ތަފާތުމާލި - ފޮޓޯ: ފިޔެސް

your imageއީދުއުފާ ނ.ވެލިދޫ 1446 ބުރުގާ ގަހާއި ތަފާތުމާލި - ފޮޓޯ: ފިޔެސް

your imageއީދުއުފާ ނ.ވެލިދޫ 1446 ބުރުގާ ގަހާއި ތަފާތުމާލި - ފޮޓޯ: ފިޔެސް

އަދި މިރޭ "ޑީޖޭ ފަހުދު" އާއެކު ވެލިދޫގެ ރަސްމީ ސްޓޭޖުގައި ފޯރިގަދަ ޝޯއެއް ކުރިއަށް ގެންދިޔައިރު، ވެލިދޫގެ ބަނދަރު ސަރަހައްދުގައި ހަވާ އެރުވުން ވެސް އޮތެވެ. އަދި ފޯރިގަދަ ވާ ދެމުމުގެ މުބާރާތެއް ވެސް މިރޭ ފެށިގެން ދިޔައެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 ސްޓޭޖްޝޯވ - ފޮޓޯ: ފިޔެސް

your imageއީދުއުފާ ނ.ވެލިދޫ 1446 ވާދެމުމުގެ މުބާރާތް ފެށުން - ފޮޓޯ: ފިޔެސް

your imageއީދުއުފާ ނ.ވެލިދޫ 1446 ހަވާ އެރުވުން - ފޮޓޯ: ފިޔެސް

ވެލިދޫގެ ޖިންސުންލަތީފުންތަކެއް ގުޅިގެން އުފައްދާފައިވާ އެރަށުގެ މަޝްހޫރު "ކަމަނާޒް" ގްރޫޕުގެ ފަރި ސްޓޭޖް ހަރަކާތްތައް މިރޭ ކުރިއަށް ދިޔައިރު، ވެލިދޫގެ އިތުރު ޒުވާނުންތަކެއްގެ ހުނަރުތަކެއް ވެސް ވަނީ ދައްކުވައިދީފައެވެ.

your imageއީދުއުފާ ނ.ވެލިދޫ 1446 ސްޓޭޖްޝޯވ - ފޮޓޯ: ފިޔެސް

your imageއީދުއުފާ ނ.ވެލިދޫ 1446 ސްޓޭޖްޝޯވ - ފޮޓޯ: ފިޔެސް

މީގެ އިތުރުން މާދަމާ ވެސް ފައިގަތަޅާ މުބާރާތް ހެނދުނު ކުރިއަށް ގެންދިޔުމަށް ފަހު ފަނުން ތަކެތި ވިޔުމުގެ މުބާރާތެއް މެންދުރު ވެލިދޫ ބަނބުކެޔޮ ޕާކުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ މާދަމާ ހަވީރު، ރާއްޖޭގެ މަޝްހޫރު "ހޭވައްލާ ބޮޑުބެރު" ގްރޫޕުގެ މަގުމަތީ ކުޅިވަރުތަކެއް ވެސް ވެލިދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން ވެސް، ވެލިދޫގައި މިފަހަކަށް އައިސް ކޮންމެ އީދެއްގައި ވެސް ބާއްވަމުން އަންނަ ފޯރިގަދަ ޕެރޭޑެއް ކަމަށްވާ "ލޯންލީޓްރީ ޕެރޭޑް" ވެސް މާދަމާރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް