ރޭ ދަންވަރުގެ ވަގުތެއްގައި މި ޓީމް އެނބުރި ރާއްޖެ އައިސްފައި ވަނީ ދުބާއީ މަގުންކަމަށް ފިޔެސްއަށް މައުލޫމާތު ލިބެއެވެ. އަދި އެ މުބާރާތަށް ކުޅުންތެރިން ދިޔަކަމަށާ، އޭގެތެރޭގައި ރާއްޖޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިއާ އާރާ އާސަލް އާޒިމް ވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
'ބިލީ ޖީން ކިންގް ކަޕް' ގެ ކޮލިފައިންގައި ބައިވެރިވުމަށް މި ޓީމު އުރުދުންއަށް ދިޔަ ރޭ ކަމުގައިވާ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އިޒްރޭލުން އީރާނަށް ވަރުގަދަ ހަމަލާ ތަކެއް ދިނެވެ. އެއަށްފަހު އީރާނުން ވެސް ދޭންފެށި ހަމަލާތައް ދިނުމަށް ފޮނުވާ މިސައިލްތައް އުރުދުންގެ މަތިން ދަތުރުކުރަން ފެށިއެވެ. އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރީ މި ސަބަބާހުރެއެވެ.
އަދި އެ މުބާރާތަށް ދާންޖެހޭ އެހެންގައުމުތަކުގެ މީހުނަށް އުރުދުންއަށް ނުދެވުމުގެ ސަބަބުން އެ މުބާރާތް މިހާރު ވަނީ ކެންސަލް ވެސް ކޮށްފައެވެ. ފިޔެސްއަށް މައުލޫމާތު ލިބޭގޮތުގައި މި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހާލު ވެސް ރަނގަޅެވެ.