މައްސަލަ ބެއްލެވި ގާޒީ ޢަލީ ނަދީމް ވިދާޅުވީ، މަމްދޫހު ބަލިވެގެން ކަމަށް ބުނެ ޝަރީއަތަށް ހާޒިރުވާން އުޒުރުވެރިވެ ހުށަހެޅި މެޑިކަލް ސެޓްފިކެޓްތަކުގައި ކޯޓަށް ހާޒިރު ނުވެވޭވަރުގެ އެއްވެސް ބައްޔެއް ހުރިކަމަށް ބެލެވެން ނެތް ކަމަށާއި، އޭނާ ބޭރުތެރެއިން ވެސް ފެނިފައިވާކަމަށެވެ.
އެހެންކަމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ ގިނަ އަޑުއެހުންތަކަށް އެއްވެސް ސަބަބެއް ނެތި ހާޒިރުނުވުމާ ގުޅިގެން ކަމަށް ވެސް ގާޒީ ޢަލީ ނަދީމް ވިދާޅުވިއެވެ.