ބޮޑުކަމުދާން އިނދެ ކޯޓު އަޑުއެހުމުގައި ބައިވެރިވި މީހާގެ ވީޑިއޯގެ ސްކްރީންޝޮޓެއް
ބޮޑުކަމުދާން އިނދެ ކޯޓު އަޑުއެހުމެއްގައި އޮންލައިންކޮށް ބައިވެރިވެއްޖެ
މުޙައްމަދު ޤާސިމް 30 ޖޫން 2025 (ހޯމަ)   11:32
އޮންލައިންކޮށް ކުރިއަށްދިޔަ އިންޑިއާގެ ހައިކޯޓެއްގެ އަޑުއެހުމެއްގައި، މީހަކު ފާހާނާ ތަށިމަތީ ބޮޑުކަމުދާން އިނދެގެން ބައިވެރިވެއްޖެއެވެ.

އިންޑިއާގެ ގުޖުރާތު ހައިކޯޓުގައި ފާއިތުވި ހަފުތާތެރޭގައި ކުރިއަށް ގެންދިޔަ މި އަޑުއެހުމަކީ، ފާހާނާގައި އިނދެ ބައިވެރިވި މީހާއާ ދެކޮޅަށް ފުލުހުން ހިންގަން ފެށި ތަހުގީގެއް ކޯޓު މެދުވެރިކޮށް ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލައެއްގެ އަޑުއެހުން ކަމަށް އެ ގައުމުގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

your imageބޮޑުކަމުދާން އިނދެ ކޯޓު އަޑުއެހުމުގައި ބައިވެރިވި މީހާގެ ވީޑިއޯގެ ސްކްރީންޝޮޓެއް

މީޑިއާތަކުން ބުނަނީ އޭނާ އިނީ ފާހާނާގައި ކަން ފަނޑިޔާރުގެ ސަމާލުކަމަށް ގެނައީ އަޑުއެހުމުގައި ބައިވެރިވި އެހެން މީހުން ކަމަށާ، ސަބަބަކީ، ވީޑިއޯ އޮންކުރަން ބުނި ވަގުތު، މައްސަލަ ބެއްލެވި ފަނޑިޔާރު ސްކްރީންއާ ދިމާލަށް އެއްވެސް ވަރަކަށް ނުބައްލަވާ އިންނެވުމުން، މައްސަލަ ހުށަހެޅި ފަރާތް އިނީ ފާހާނާ ތަށި މަތީގައި ބޮޑުކަމު ދިޔުމަށް ކަން ފަނޑިޔާރުގެ ސަމާލުކަމަށް އައިސްފައި ނުވަނީ އެވެ.

އަދި ފަނޑިޔާރު އެކަމާމެދު ގޮތް ނިންމުމުގެ ކުރިން އޭނާ އެ ފާހާނާ ފްލަޝްކުރާ އަޑު ވެސް އިވޭއިރު، އެއަށްފަހު އޭނާ ބޮޑުކަމުން ތާހީރުުވެ ނިމިގެން ފާހާނާއިން އޭނާ ނުކުމެގެންދާ މަންޒަރުވެސް މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ ފުޓޭޖުތަކުން ފެނެއެވެ.

your imageބޮޑުކަމުދާން އިނދެ ކޯޓު އަޑުއެހުމުގައި ބައިވެރިވި މީހާގެ ވީޑިއޯގެ ސްކްރީންޝޮޓެއް

މިކަމާގުޅިގެން ގިނަ އާންމުންގެ ފާޑުކިޔުން މީސް މީޑިއާގައި އޭނާއަށް ރައްދުކުރަމުން އައި ނަމަވެސް އެކަމަކީ މައްސަލައެއް ނޫންކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އެގޮތުން އެއީ މައްސަލައެއްކަމަށް ނުދެކޭ ކަމަށް ބުނެ މީސް މީޑިއާގައި މީހަކު ބުނެފައި ވަނީ، ސަބަބަކީ ގަޑި ޖެހޭއިރު ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުވުމަކީ ވަރަށްބޮޑުކުށެއް ކަމަށް ވާއިރު އެއީ އަދަބުވެސް ލިބޭކަމެއްކަން އެމީހާއަށް އެނގޭތީ މަޖިލިސް ފަށަންވީއިރު ބޮޑުކަމުހާޖަތެއްގައި އިންނަން ޖެހުނު ހާލަތުގައި ވެސް، ކޯޓުން ލިބިދާނެ އަދަބަކަށް ޓަކައި އޭނާ އެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވީކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް