ދިހަހާސް މެންބަރުން ހަމަވާ ތިން ޕާޓީ.--
ނުވަ ސިޔާސީ ޕާޓީ އޮތަސް ދިހަހާސް ހަމަވަނީ ތިން ޕާޓީގައި
މަރްޔަމް މުޙައްމަދު 3 ޖުލައި 2025 (ބުރާސްފަތި)   08:49
އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ޖުމްލަ 9 ސިޔާސީ ޕާޓީ އޮތްނަމަވެސް އޭގެތެރެއިން 10،000 މެންބަރުން ހަމަވަނީ 3 ސިޔާސީ ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށުވަރުކޮށް އާންމުކުރަންޖެހެ އެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ މެންބަރުންގެ އަދަދު 10،000 އަށް އެރުމުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކުރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލާއިރު 10،000 މެންބަރުން ހަމަވަނީ އެންމެ ތިން ޕާޓީއެއްގަ އެވެ. އެއީ ސަރުކާރު ނިސްބަތްވާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޖުމްހޫރީ ޕާޓީގަ އެވެ.

ސިޔާސީ ޕާޓީތަކުގައި މިހާރު ތިބި މެންބަރުންގެ އަދަދު:

1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,765

2. ޢަދާލަތު ޕާޓީ: 8,844

3. ޖުމްހޫރީ ޕާޓީ: 13,456

4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,011

5. މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް: 2,272

6. ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 68,665

7. މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,836

8. ދަ ޑިމޮކްރެޓްސް: 3,547

9. ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,046

ރާއްޖޭގައި ސިޔާސީ ޕާޓީ ހަދައި ހިންގަން ފުރުސަތު ލިބުނީ މީގެ 20 އަހަރު ކުރިންނެވެ. އެދުވަސްވަރު އެންމެ ފުރަތަމަ ރަޖިސްޓްރީކުރި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތައް މިހާރު ވަނީ އެކި ސަބަބުތަކާ ހުރެ އުވާލާފައެވެ. 

ކޮމެންޓް