އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި - ފޮޓޯ: އެމްޑީޕީ
މި ކައުންސިލް އިންތިހާބު ވެގެންދާނީ ސަރުކާރު ބޮޑުތަނުން ބަލިވާ އިންތިހާބަކަށް
މަރްޔަމް މުޙައްމަދު 3 ޖުލައި 2025 (ބުރާސްފަތި)   11:38
މިއަންނަ ލޯކަލް ކައުންސިލް އިންތިހާބު ވެގެންދާނީ މި ސަރުކާރު ބޮޑުތަނުން ބަލިވާނެ އިންތިހާބަކަށް ކަމުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިއަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ބަލިވާނެ ކަމަށް އެމަމނިކުފާނު އެ ވިދާޅުވަނީ ރައްޔިތުންގެ ޝުއޫރުތައް އެނގިވަޑައިގަންނަވާ މިންވަރުން ކަމަށާ، އެ ޝުއޫރުތަކަށް ބަލާނަމަ ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީ އިން މިފަހަރުގެ އިންތިހާބަށް ދުރާލައި ތައްޔާރުވާންޖެހޭ ކަމަށާއި އެންމެން އެކަތިގަނޑަކަށްވާން ޖެހޭ ކަމަށް ވިދާޅުވެ، ޝާހިދު ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލާ ކައުންސިލަރުންގެ އަދަދު މަދުކުރަނީ ވެސް އެޓޯލްސް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އައްޔަންކުރުމަށް ކަމަށެވެ.

ކޮމެންޓް