މަރުވެފައި އޮއްވާ ފެނުނު މީހަކު ފުލުހުން ނެރެނީ - ފޮޓޯ: ޕޮލިސް
ކުލީ ކޮޓަރިއެއްގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ
މުޙައްމަދު ޤާސިމް 3 ޖުލައި 2025 (ބުރާސްފަތި)   12:35
ކުލީ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ މާލެ ސިޓީ ގަލޮޅުގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެސްޓްހައުސް އެއްގެ ކޮޓަރިއަކުން ކަމަށް ފިޔެސްއަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި އޮއްވާ ރޭ ފެނިފައި ވަނީ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ މަރުވެފައި ވާކަމަށް ގާތްގަނޑަކަށް ލަފާކުރެވެނީ ރޭގެ ދަންވަރު 2:15 ހާއިރުއެވެ.

އެނާ މަރުވެފައި އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުމުން ފުލުހުން ވަދެ ބެލި އިރު، އޭނާ މަރުވެފައި އޮއްވާ ފެނުނީ  އެ ކޮޓަރީގެ ފާހާނާ ތެރެއިންނެވެ. އަދި އޭނާ ފެނުނު އިރު ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ހަރުވެފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ބުދަ ދުވަހުގެ ހެނދުނު އޭނާ ގެސްޓް ހައުސްގައި އުޅުނު ކަމަށާ، އެ ގެސްޓް ހައުސްއިން އޭނާ ކޮޓަރި ކުއްޔަށް ނެގީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ގެސްޓް ހައުސްގެ މީހުންނަށް އޭނާގެ ހަބަރެއް ނުވެގެން އެ ކޮޓަރިއަށް ވަދެ ބެލިއިރު އޭނާ ފެނުނީ ފާހާނައިގައި ހަބަރު ހުސްވެފައި އޮއްވާ ކަމަށާ، އޭނާ މަރުވެފައި އޮއްވާ ފެނުމުން އެކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ ވެސް ގެސްޓް ހައުސްގެ ފަރާތުންކަމަށް ފިޔެސްއަށް މައުލޫމާތު ލިބެއެވެ.

މި މަރާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުންގެ ފަރާތުން އަދި ލިބޭގޮތެއް ނުވެއެވެ.

ކޮމެންޓް
ހައިތަމް
6 days ago
انا لله و انا اليه راجعون، اللهم اغفر له وارحمه، وعفه واعف عنه، آمين يا رب العالمين