އެނގިފައިވާ ގޮތުގައި އުމުރުން 28 އަހަރުގެ އެ ފިރިހެން މީހާ ދަންޖެހިފައިހުރީ އޭނާ ދިރިއުޅޭ ކޮޓަރީގައެވެ.
އެ އެޕާޓްމަންޓްގައި ދިރިއުޅޭ މީހެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އޭނާގެ ޚަބަރެއް ނުވާތީ މިއަދު ހެނދުނު ކޮޓަރި ހުޅުވައިގެން ބެލިއިރު ހުރީ ދަންޖެހިފައެވެ.
އެވަގުތު އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޭނާގެ އާއިލާގެ މީހަކު މައުލޫމާތު ދިނެވެ.
މި ހާދިސާއާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އަދި މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.