އޭނާގެ ގެއަށް ވަގުން ވަދެފައި ވަނީ އާދިއްތަ ދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށް ވިދާޅުވެ، ތިން މީހަކު އެ ގެއަށް ވަދެ ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖެއް ވެސް ޢަލީ ޚާލިދު ވަނީ އާންމުކޮށްފައެވެ.
އަދި މީގެއިތުރުން އެ ގެއަށް ވަދެ ވަގަށް ތަކެތި ނެގުމަށް ފަހު ވައްކަން އުޅުނު ކަމަށްބުނާ ދެ މީހެއްގެ ފޮޓޯ ވެސް ޢަލީ ވަނީ އާންމު ކުރައްވާ ޢަލީ ވިދާޅުވީ އޭނާގެ ގެއިން 40,000 ރުފިޔާގެ ސާމާނު ވަގަށް ނަގާފައި ވާކަމަށާ، އޭގެ ތެރޭގައި ދެ ލެޕްޓޮޕާއި ޓެބްލެޓަކާއި އައިފޯނަކާއި އަވި އައިނާއި ސެންޓް ވެސް ހިމެނޭ ކަމަށެވެ.
ވީޑިއޯއިން ފެންނަގޮތުގައި ވަގުން ނުކުމެގެން ދަނީ އެ ތަކެތި ދަބަހަކަށް އަޅައިގެންނެވެ.
ވައްކަމުގައި އެންމެ އިސްކޮށް އުޅުނު މީހާ އަދި ނުހޯދާ ކަމަށް ވިދާޅުވެ ޢަލީ ވިދާޅުވީ، މި މައްސަލާގައި ހިމެނޭ ދެ މީހަކު ހައްޔަރު ކޮށްފައި ވަނީ އެ ވަގަށް ނެގި ބައެއް ތަކެތި ވިއްކަން ގޮސް ތިއްބައެވެ. އެމީހުން އަތުލައިގަތީ އެ ގެއިން ވަަގަށް ގެންދިޔަ އައިފޯން ޓްރޭސްކޮށްގެން ކަމަށް ވެސް ޢަލީ މައުލޫމާތު ދެއެވެ.
ޢަލީ ވިދާޅުވީީ އެގެއިން ވައްކަން ކުރި މީހުން އެކަންކުރީ ވަރަށް ރާވައިގެން ކަމަށާ، އަދި އެ މީހުން ތިބީ ވެސް ފިންގަޕްރިންޓް ނާރާނެ ގޮތަށް އަތަށް އަންގި ލައްވައިގެން ކަމަށް ބުނެ، އެކަމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ޢަލީ ވިދާޅުވިއެވެ.