މާލެއިން ގެއްލިގެން ހޯދަމުން އަންނަ މި ޒުވާނާ ހޯދުމަށް އިއުލާންކޮށް ފުލުހުން ބުނެފައި ވަނީ، ގެއްލިގެން ހޯދަނީ ސާމީ ޢަބްދުލްޙަމީދު (32އ) ، ބޯގަންވިލާ، ޏ. ފުވައްމުލައް، ހޯދަޑު، ކަމަށެވެ.
މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވާ ކަމަށާ، އެހެންކަމުން އޭނާ ހޯދަން ފުލުހުންނަށް އޭނާގެ އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައި ވަނީ އިއްޔެ 18:16 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ރިޕޯޓްކުރުމާއެކު، ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކޮށްގެން އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ހޯދިފައި ނުވާ ކަމަށާ، ސާމީއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ވެސް ފުލުހުން އެެދިފައިވެއެވެ.
މާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމަށް ވެސް ހުސްވި ޖޫންމަހުގެ 17 ވަނަ ދުވަހު ފުލުހުން އިއުލާންކުރިއެވެ. އަދި ޖެހިގެން އައިދުވަހުގެ ރޭ، ގާތްގަނޑަކަށް 12:15 ހާއިރު ފުލުހުން އޭނާ ހޯދާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.