ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ - ފޮޓޯ: މަޖިލިސް
އިސްލާމީޝަރީއަތް ކޮށްފިނަމަ ގިނަވާނީ އަމިއްލައަށް ސައިކަލު ނުދުއްވޭނެ މެންބަރުން
ބީއެމްއެލް އާއި އެމްއެމްޕީއާރުސީ ގުޅިގެން ހިންގި ހިޔާނާތް ރައްދުވާ މީހާ މިއަދު ގެންގޮސް ލާފައި ހުރީ އެމްޑީއަކަށް - ގަޕޯ
ޖުނާން އަޙުމަދު 7 ޖުލައި 2025 (ހޯމަ)   15:58
އިސްލާމީ ޝަރީއަތެއް ރާއްޖޭގައި ހިންގައިފިނަމަ، ގިނަވާނީ އަމިއްލައަށް ސައިކަލުގައި މަޖިލީހަށް ނުދެވޭނެ މެމްބަރުން ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ގަޕޯ މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީ (މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން) އަދި އެމްޓީޑީސީ (މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން) ގެ ހާލަތު ދިރާސާކޮށް އެސްއޯއީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ރިޕޯޓަކީ ބޮޑު އަދި އެހާމެ ވައްކަން ގިނަ ރިޕޯޓެއް ކަން ފާހަގަކުރައްވަމުން ގަޕޯ ވިދާޅުވީ އެމްއެމްޕީއާރްސީގެ ވައްކަމުގެ ވާހަކަ ދައްކާއިރު އިންސާފަަށް ވާހަކަ ދައްކަންޖެހޭ ކަމަށެވެ.

އަދި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވައްކަން ކުރެވޭނެހާ ހުރިހާ މަގުތަކެއް ފަހިކުރަމުން ކަމަށް ވިދާޅުވެ، ގަޕޯ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވައްކަން ކުރި ނަމަވެސް އެ ކޮށްފައިވާ ވައްކަންތައް ބަލަންޖެހޭކަމަށާ، ރައްޔިތުންގެ ފައިސާ ހިމާޔަތްކުރެވޭނީ އޭރުންކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ވައުދާއި އެއްގޮތަށް އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި، ރައްޔިތުންގެ ފައިސާއަށް އިހުމާލުވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ވެސް ގަޕޯ ގޮވާލެއްވިއެވެ.

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިވެގެން ކަމަށާއި އޭރު އެކަމުގައި އިހުމާލުވި މީހަކު މަގާމުން ވަކިކުރުމުން މިއަދު ގެންގޮސް ލާފައި ހުރީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް ކަން ގަޕޯ ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިވެގެން 1.2 ބިލިއަން ރުފިޔާ ޖަމާވެގެންދިޔައީ. އޭރު އެކަމާ ޒިންމާވާން ޖެހޭ މީހާ މަގާމުން ވަކިކުރީމާއި މިއަދު ގެންގޮސް އެ ހުރީ ބޭންކުގެ މެނޭޖަރަކަށް ލާފައި. ދެން މި ބޭފުޅުންގެ ވައްކަން ފެށޭނެ ހިސާބެއް ވިސްނަވާ. މިއަދު ބޭންކުގެ އެމްޑީއަކަށް ލާފައި އެ ހުރީ އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކު ތެރެއިން ހުރިހާ ސަކަރާތެއް ޖެހި މީހާ،" ގަޕޯ ވިދާޅުވި އެވެ.

އަދި މަޖިލީހުން އެ މައްސަލަ ބެލި ކޮމިޓީގައި އޭނާ އިންނެވި ކަމަށާ އެކަމުގެ ލިޔެކިޔުން ވެސް އަތުގައި އެބަހުރި ކަމަށް ވިދާޅުވެ ގަޕޯ ވިދާޅުވީ، އެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ޝަރީފު ދެއްވީ ވެސް ދޮގު މައުލޫމާތު ކަމަށެވެ.

ކޮމެންޓް