ފަޔާޒް މަންސޫރު، އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން ވަނީ އިސްތިއުފާ ދީފައި.--
އެޗްޑީސީގެ ޑީއެމްޑީ ވެސް އިސްތިއުފާ ދީފި
ފިޔެސް 31 ޖުލައި 2025 (ބުރާސްފަތި)   10:39
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރުވެސް އިސްތިއުފާ ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒް މަގާމުން އިސްތިއުފާދެއްވީ މިއަދުގެ ވަގުތެއްގައެވެ. އެޗްޑީސީގެ ޑީއެމްޑީ މަގާމަށް ފަޔާޒު އައްޔަންކުރީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.

މަންސޫރު އެޗްޑީސީން އިސްތިއުފާދެއްވާފައި މިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒް އެ މަގާމަށް އައްޔަން ކުރީ މައުރޫފް ބޭނުންވެގެންނެވެ.  

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މައުރޫފް ޖަމީލް، އަންނަ މަހު ރިޓަޔާ ކުރައްވާނެކަން އިއުލާން ކުރައްވާފައި އޮއްވާ، ސަރުކަރުގެ ޕްރެޝަރާހެދި  އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީއެވެ. 

މައުރޫފް މަގާމުން އިސްތިއުފާދެއްވުމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު ރޭ ވަނީ އައްޔަންކޮށްފައެވެ.

ކޮމެންޓް