ވެމްކޯގެ އިސް ފަރާތްތަކުން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ވެމްކޯ
ވެމްކޯއިން މިލިޔަނަކަށްވުރެ ގިނަރުފިޔާ އަމިއްލަކުންފުންޏަކަށް ދައްކަންޖެހިއްޖެ
މަރްޔަމް މުޙައްމަދު 10 އޯގަސްޓް 2025 (އާދީއްތަ)   13:16
ވެމްކޯ (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން) އަށް އަމިއްލަ ކުންފުންޏަކުން ސަޕްލައިކުރި މުދަލަށްވާ ފައިސާ ކަމުގައިވާ، މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވެމްކޯގެ މައްޗަށް ހުކުމްކޮށްފި އެވެ.

އަމިއްލަ ކުންފުންޏެއްކަމަށްވާ ސޯލްޓްސް އެންޑް ސޭންޑްސް ނަމަކަށް ކިޔާ ކުންފުނިން ސިވިލް ކޯޓުގައި ވެމްކޯއާ ދެކޮޅަށް ދައުވާކުރީ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ. އެ ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ހުކުމްކުރީ އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.

އަދި ވެމްކޯއިން ވަނީ އެއީ ސޯލްޓްސް އެންޑް ސޭންޑްސްއަށް ދައްކަން ޖެހޭ ފައިސާ ކަމަށް އެއްބަސްވެފަ އެވެ. އަދި އޭގެ ތެރެއިން 115،428ރ. ވެމްކޯއިން ކުރިން އެ ކުންފުންޏަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށާ، އެހެންކަމުން، ކޯޓުން ކަނޑައެޅީ އެ އަދަދު އުނިކުރުމަށް ފަހު، މުދަލަށްވާ ފައިސާގެ ބާކީ 1.16 މިލިއަން ރުފިޔާ 15 ދުވަސް ތެރޭގައި ވެމްކޯއިން ދައްކާ ހަލާސްކުރުމަށެވެ.

އަދި އެއީ ދައްކަން ޖެހޭ ފައިސާއެއްކަން ވެމްކޯއިން ގަބޫލުކުރާ ހާލަތުގައި އެ ފައިސާ ނުދައްކާ ތިބުމުގެ ސަބަބުން އަމިއްލަ ކުންފުނިން ކޯޓަށް ދާން ޖެހުމަށް ދިޔަ ހަރަދު ކަމުގައިވާ 50،000ރ. ވެސް ވެމްކޯއިން ދައްކަން ޖެހޭނެ ކަމަށް ކޯޓުން އަމުރު ކުރިއެވެ.

ކޮމެންޓް