އުމުރުން 86 އަހަރުގައި ޣަނީ އަވަހާރަވީ ތައިލެންޑުގެ ބެންކޮކުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހަރާވިއިރު އާލާސްކަންފުޅާ އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ޣަނީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައްޕާފުޅާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމައާ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
ޣަނީ އަވަހަރާވުމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ރާއްޖޭގައި އިލެކްޓްރިފިކޭޝަނާއި ޓޫރިޒަމާއި ވޮކޭޝަނަލް ޓީޗިން ފަދަ ދާއިރާތަކުގައި ނުހަނު ބޮޑު ޚިދުމަތްތެރިއެއް ކަމަށެވެ.
ޣަނީއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރެއްގެ އިތުރުން އެ ކުންފުނި އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރެއްވުމުގެ ކުރިން މާލޭ އިންޖީނުގެ އުފެއްދި ދުވަސްވަރު އެ އިންޖީނުގޭގެ މެނޭޖަރު އަހުމަދު އާދަމްއާއެކު އިންޖީނުގެ ހިންގެވުމުގެ މަސައްކަތުގައި ޣަނީ ވަރަށް ބޮޑަށް ބައިވެރިވިއެވެ.
އަދި ހުނަރާއި މަސައްކަތްތެރިކަން އުގަންނައި ދިނުމަށް އެކުލަވާލި އިދާރާ ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު (ވީޓީސީ) ގެ ބާނީއަކީ ވެސް އެއީ އެވެ.