މިކަމާގުޅިގެން އެމްއެފްޑީއޭ (މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ) އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ސޮފްޓް ޑްރިންކްތަކުގައި ބެކްޓީރިއާ ފަދަ މާއްދާތައް އުފެދުން ހުއްޓުވާލާ ޕްރެޒަވޭޓިވް ކުރުމަށް ބޭނުންކުރާ 'ބެންޒޮއިކް އެސިޑް' ޑރ. ޕެޕާ ބުޔުމުގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، އެމެރިކާގައި އުފައްދާފައިވާ ޑރ. ޕެޕާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ޔޫރަޕުގެ އާރްއޭއެސްއެފްއެފް (ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށާ، އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުންނުކުރުމަށއަންގާ ކަމަށެވެ.
އަދި ބާޒާރުގައި މިހާރު ހުރި ޑރ. ޕެޕާ ގެ ބާވަތްތައް ނަގައި، އެތަކެތި ނައްތާލުމަށް ވެސް އެމްއެފްޑީއޭއިން އިލްތިމާސްކުރާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ނަމްބަރު 3034213 އާއި 7603204 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް ވެސް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.