
މެލޭޝިޔާ ފުލުހުން ހައްޔަރުކުރީ އަބްދުލް ބާތިން މުހައްމަދު މުސްތަފާ ނަމަކަށް ކިޔާ މީހެކެވެ.
އެމީހާ މެލޭޝިޔާ އިން ހައްޔަރުކުރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ފުލުހުން ބުނީ މެލޭޝިޔާ ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ބާތިން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ދިވެހި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މެލޭޝިޔާ ފުލުހުން ތަހުގީގު ކުރަނީ ކޮން މައްސަލައެއް ކަމެއް ދިވެހި ފުލުހުން ހާމައެއް ނުކުރެއެވެ.
އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މައްޗަށް ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް ކުރެ އެވެ. އޭގެ ތެރޭގައި ރޭޕްކުރުމާއި އަނބިމީހާއަށް ގެވެށި އަނިޔާކުރުން ހިމެނެއެވެ. އަދި އޮރިޔާން ކާޑު އުފައްދައިގެން ވިއްކުމާއި ބްލެމެއިލްކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުވެސް މެލޭޝިޔާ ފުލުހުން އޭނާގެ މައްޗަށް ކުރެއެވެ.
ދިވެހި ފުލުހުން ބުނީ، ބާތިންގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.




