ގެއްލިގެން ހޯދަމުންދާ، ހައްވާ ރާއިދާ މުނީރު 19އ - ފޮޓޯ: ޕޮލިސް
އައްޑޫ އަންހެނަކު ގެއްލިގެން ހޯދަންފަށައިފި
ގެއްލިގެން ހޯދަމުންދަނީ، ހައްވާ ރާއިދާ މުނީރު 19އ. ހަމްދަރުދީގެ، ސ. ފޭދޫ
މަރްޔަމް މުޙައްމަދު 8 ޖެނުއަރީ 2026 (ބުރާސްފަތި)   20:45
އައްޑޫ ސިޓީ ފޭދޫ އިން އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ އަންހެނަކީ، ހައްވާ ރާއިދާ މުނީރު 19އ. ހަމްދަރުދީގެ، ސ. ފޭދޫ ކަމަށެވެ.

ހައްވާ ރާއިދާ ގެއްލިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:50 ހާއިރު ކަމަށާ، މިއަދު މެންދުރުން ފެށިގެން އޭނާ ދިޔަ ތަނެއް ނޭނގޭކަމަށް ވެސް ފުލުހުން ބުނެއެވެ.

"ހައްވާ ރާއިދާ މުނީރު ހޯދަމުންދަނީ 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ." - ފުލުހުން

އަދި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ރާއިދާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން މިރޭ 10:30 ހާއިރު މައުލޫމާތު ދިންގޮތުގައި ގެއްލިގެން ހޯދަމުންދިޔަ ޙައްވާ ރާއިދާ މުނީރު މިހާރު ވަނީ ފެނިފައެވެ. އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންގެ ބަޔަކަށް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. 

ކޮމެންޓް