ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް މިހާރު ހަމަޖެހިފައިވާ އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު، އިސްލާމިކް ފައިނޭންސިން ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.
ބޯޑުގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަޝިޕްސް، ފާތިމަތު ފަރިހަތު ވަހީދު އެވެ.
މި ބަދަލުތަކާއެކު އެސްޑީއެފްސީގެ ބޯޑުގައި ހިމެނެނީ:
މުޅީން ވަކިން ހިންގަމުންދިޔަ އެސްޑީއެފްސީ މިދިޔަ ޖުލައި މަހު ބީއެމްއެލްއިން ވަނީ ގަނެފަ އެވެ. ބީއެމްއެލްއިން އެސްޑީއެފްސީ ގަތީ، އެ ކުންފުނީގައި އޮންނަ ސަރުކާރުގެ ހިއްސާ ގަނެގެންނެވެ.
އެސްޑީއެފްސީ ބީއެމްއެލްއިން ގަންނައިރު، އެ ކުންފުނިން ދޫކޮށްފައިވާ ލޯނުތަކަށް ގަވައިދުން ފައިސާ ނުދައްކާ މައްސަލަ ބޮޑު ކަަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ވަނީ ދައްކާފަ އެވެ. އެ ރިޕޯޓުގައި ބުނި ގޮތުގައި އެ ކުންފުނީގެ ދޫކޮށްފައިވާ 41 ޕަސެންޓު ލޯނަށް ފައިސާ ނުދައްކަ އެވެ.
ގަވާއިދުން ފައިސާ ނުދައްކާ ލޯނުތައް ގިނަ ނަމަވެސް، އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، މިދިޔަ އަހަރުގެ ތެރޭގައި ފުރަތަމަ ފަަހަރަށް ފައިދާއެއް ނެރެވިފައިވާ ކަމަށް އެ އޮޑިޓުން ދައްކަ އެވެ.