މި ހުސްވި އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެގެން ދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ފަސް މެންބަރަކު މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ މެންބަރުން ތިރީގައި އެވަނީއެވެ:
މަޖިލިސް ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ، ގަވާއިދުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް 15 ދުވަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަން އަންގައި މަޖިލީހުގެ އަމީންއާންމު ނޯޓިހެއް ދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ، މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންނަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
15 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި ވެސް އެކަން ނުކޮށްފި ނަމަ ދެން އަޅަން އޮންނަ ފިޔަވަޅަކީ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާގައި މާލީ ބަޔާން ހުށަނަޅާނާ މެންބަރުގެ ނަން އިއްވައި މަޖިލީހުން ބޭރުކުރުމެވެ.
އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާތަކުގަ އާއި ކޮމިޓީތަކުގައި ބައިވެރިވެވޭނީ މާލީ ބަޔާން މަޖިލީހަށް ހުށަހެޅުމަށްފަހު ކަމަށާ، އެ މެންބަރަކު މާލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެ ކަމަށް ވެސް މަޖިލިސް ގަވާއިދު ބުނެއެވެ.