ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓް ވެފައިވާ އެޗްޑީސީގެ ވެހިކަލް - ފޮޓޯ: މީސްމީޑިއާ
އެޗްޑީސީގެ ވެހިކަލެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓް ވެއްޖެ
ފުލުހުންބުނީ ޕިކަޕްގެ ފުރޮޅު ފަޅައިގެންގޮސް ޑިވައިޑާގައި ޖެހުމުން ފޮރުޅާލީކަމަށް
ޖުނާން އަޙުމަދު 5 ސެޕްޓެމްބަރ 2025 (ހުކުރު)   14:57
މާލެއާ ހުޅުމާލެ ގުޅުވައިދޭ ހައިވޭ މަތިން ބާރަށް ދުއްވާފައި ދިޔަ އެޗްޑީސީގެ ވެހިކަލެއް ކޮންޓްރޯލުން ނެެއްޓި ފުރޮޅާލުމުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު  މެންދުރު ވަގުތުގައި ހިނގި މި އެކްސިޑެންޓް ވާންދިމާވީ، ވެހިކަލް ދުއްވާފައި ދިޔަލެއް ބާރުކަމުން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވެފައި ވާއިރު، ފުލުހުންބުނީ ޕިކަޕްގެ ފުރޮޅު ފަޅައިގެންގޮސް ޑިވައިޑާގައި ޖެހުމުން ފޮރުޅާލީކަމަށް، އަދި އެ ޕިކަޕް ދުއްވާފައި ވަނީ އާދަޔާ ހިލާފު ބާރު ސްޕީޑުގައި ކަމަށްވާތީ އޭގެ ޑްރައިވަރަށް ފިޔަވަޅުއަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާ، ޕިކަޕުގައި ކާރެއް އައިސް ޖެހިފައިވާކަމަށް އަދި އެ ކާރަށް ވެސް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްވި ވެހިކަލް ހައިވޭ މައްޗަށް ފުރޮޅާލާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ގިނަ މީހުން ބުނެފައިވަނީ ވެހިކަލް ފުރޮޅާލާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔުމުންނެވެ. އަދި އެކްސިޑެންޓުގައި މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައެއް މީހުން ބުނެފައި ވެއެވެ.

ކޮމެންޓް