މީގެއިތުރުން، ޖުމްލަ 3070 އެއްބަސްވުމެއްގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފައިވާ ކަމަށާ، އޭގެތެރެއިން 2955 އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާއިރު، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާ، އެފްޑީސީގެ އަމާޒަކީ އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ވީހާވެސް އަވަހަކަށް ޔުނިޓުތައް ހަވާލުކޮށް، ތިންމަސް ދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުން ކަމަށް ވެސް އެފްޑީސީއިން ބުންޏެވެ.
މި ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ލިސްޓް އާއްމުކުރުން ލަސްވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ފްލެޓު ލިބުނު ފަރާތްތަކަށް އަންގަންފެށީ ނިމިދިޔަ ޖުލައި މަހު އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީސަރުކާރުން އެގްރިމެންޓްދީފައިވާ މީހުންނަށް ފްލެޓުނުދީ ހިފަހައްޓަމުންދާތީ ބުދަދުވަހު ހައުސިން މިނިސްޓްރީ ދޮށަށް ބަޔަކު އެއްވެ އިހުތިޖާޖު ވެސް ކޮށްފައިވެއެވެ. އަދި އާންމު ފަރާތަކުން، އެފަރާތުގެ ފްލެޓު ހަވާލުނުކޮށް ހައުސިން މިނިސްޓްރީން ހިފަހައްޓަމުން ދާތީ އެ މައްސަލަ ވަނީ މަދަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.