
ސްޓެލްކޯގައި 27 އަހަރު ހިދުމަތް ކުރި ފަހުމީ އެ ކުންފުނީގެ އެންމެ އިސް މަގާމުން ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް އައްޔަން ކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހަށް ޕްރިންސިޕަލް ސެކްރެޓަރީން އައްޔަން ކުރަނީ މިނިސްޓަރުން ފެންވަރުގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ. ނަމަވެސް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑޭ މައްސަލަ އާއި ކަރަންޓު ބިލު އަގުބޮޑުވާ މައްސަލައިގައި އޭނާއަށް ގިނަ ބައެއްގެ ނުރުހުން އޮތީ އަމާޒުވެފަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އެވެ.




