ނޭޕާޅްގެ މުޒާހަރާތަކާއި، ބޮޑުވަޒީރު ކޭޕީ ޝަރުމާ - ފޮޓޯ: ނިއުސް18
މުޒާހަރާތައް ހޫނުވެ ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދީފި
ޖުނާން އަޙުމަދު 9 ސެޕްޓެމްބަރ 2025 (އަންގާރަ)   16:10
ކޮރަޕްޝަނާއި ދުރުން ހާމަކަން ބޮޑު ދައުލަތެއް ބިނާ ކުރުމަށް ގޮވާލައި ނޭޕާލްގައި އެ ގައުމުގެ ޒުވާނުން އިސްވެ ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ ކޮންޓްރޯލުން ނެއްޓި ދިއުމުގެ ސަބަބުން ޕްރެޝަރު ބޮޑުވެގެން އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިސްތިއުފާ ދީފި އެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވާއިރު، މި މުޒާހަރާތައް ހޫނުވާން ޖެހުނު ހިސާބަކީ އެ ގައުމުގެ ސަރުކާރުން މީސްމީޑިއާ ބޭން ކުރަން ނިންމުމާ ގުޅިގެން އާންމުންގެ ހިތްހަމަ ނުޖެހުން އިތުރުވަމުން ދިޔުމުގެ ސަބަބުންނެވެ.

މިއީ މިފަހުން ނޭޕާލްގެ ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާތައް ކަމަށްވާއިރު، އެ ގައުމުގެ ސަރުކާރުން ބުނެފައި ވަނީ މުޒާހަރާ ތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބުނު މީހުންގެ އާއިލާ ތަކަށް ސަރުކާރުން ބަދަލުދޭނެ ކަމަށެވެ.

ޝަރްމާ ވަނީ އިސްތިއުފާ ދެއްވުމުގެ ކުރިން އެ މުޒާހަރާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އެފަދަ މުޒާހަރާތަކެއް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ވިދާޅުވެ ފަހުން ވަނީ ސަރުކާރުދިފާއުކުރަން ވާހަކަ ދައްކަވާފައެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ ސިފައިންގެ އިސްވެރިންގެ އެދުމުގެ މަތިން ކަމަށް ބައިނަލް އަގުވާމީ މީޑިއާތައް ބުނެއެވެ.

ކޮމެންޓް