މުޙައްމަދު އާމިރު އަދި އައިޝަތު މުޒުނާ.--
ސްޓެލްކޯ ބޯޑުން އާމިރު ވަކިކޮށް، މުޒުނާ އައްޔަނުކޮށްފި
މަރްޔަމް މުޙައްމަދު 10 ސެޕްޓެމްބަރ 2025 (ބުދަ)   16:04
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށް، އާއިޝަތު މުޒްނާ އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން އިއުލާނުކުރިޔަސް، އާންމުކޮށް އަމަލުކުރާ ގޮތަށް، ބޯޑަށް އެ ބަދަލުތައް ގެނައި ސަބަބެއް ނުބުނެ އެވެ.

ސްޓެލްކޯގެ އެކި މަގާމުތައް ފުރުއްވާފައިވާ މުޒްނާ އަކީ މި ސަރުކާރު ފެށުމާއެކުހެން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ. މުޒްނާއަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުގެ އަނބިކަނބަލުންނެވެ.  

ސްޓެލްކޯގެ ބޯޑަށް މި ބަދަލު ގެނައިއިރު، މިދިޔަ އާދިއްތަ ދުވަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ހުސެއިން ފަހުމީ ވަނީ ވަކިކޮށްފަ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަނުކުރީ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ސަސްޕެންޑް ކުރުމަށްފަހު މިފްކޯގެ ބޯޑުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދެވެ.

ސްޓެލްކޯގެ އެމްޑީ ކަމުން ވަކިކުރި ފަހުމީ ވަނީ ރައީސް އޮފީހުގެ ވަޒީރުންގެ ފެންވަރުގެ މަގާމަކަށް އައްޔަނުކޮށްފައެވެ.

ކޮމެންޓް