ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގެތެރެއިން.- ފޮޓޯ: ރައީސް އޮފީސް
ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދައި މެންބަރުން އައްޔަނުކޮށްފި
މަރްޔަމް މުޙައްމަދު 23 ސެޕްޓެމްބަރ 2025 (އަންގާރަ)   11:54
"މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން" މަގު ޗާޓުގައިވާ ކަންކަން ދައުލަތުގެ އަސާސްތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަންފީޒުކުރުމަށް، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައި އެ ކައުންސިލަށް މެންބަރުން އައްޔަނުކުރައްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު، "ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް" ގެ ނަމުގައި، ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ އިއްޔެއެވެ. މި ކައުންސިލްގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ، ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރު ގާއިމުކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ފަހިކޮށްދީ ލަފާދީ އެ މަސައްކަތްތައް ބެލެހެއްޓުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.  

އެ ކައުންސިލަށް ބޭފުޅުން އައްޔަނުކުރެއްވިއިރު، އެ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ކައުންސިލުގައި ރައީސްގެ އިތުރުން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛

  1. މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހްސާން
  2. މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން، މޫސާ ޒަމީރު
  3. މިނިސްޓާ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާއީލް ޝަފީއު
  4. މިނިސްޓާ އޮފް ހެލްތް، އަބްދުﷲ ނާޒިމް އިބްރާހީމް
  5. މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފު އުމަރު
  6. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަބްދުالله ފަޔާޟް
  7. މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޑރ މުހައްމަދު ކިނާނަތު
  8. ރައީސް އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް، ސިޔާހް ޚަލީލް
  9. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު، ސައީދާ އުމަރު

"މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ފަހިކޮށްދީ ލަފާދިނުމާއި، އެ މަސައްކަތްތައް ބެލެހެއްޓުމުގެ އެންމެ އިސް މަޖިލީހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެވެ.

ކޮމެންޓް