މި ސަރުކާރުގެ ވެރިން އިންޑިއާ އާއެކު ބައިވެރިވެގެން އިންޓަނޭޝަނަލް ޔޯގާޑޭ ފާހަގަކޮށްފި ކަމާއި ސަރުކާރުގެ މިނިސްޓަރަކު ބައިވެރިވެގެން ޔޯގާ ކްލާސް ނަގައިދޭ ތަނެއް ހުޅުވައިފިކަން ފާހަގަކޮށް މީހަކު އެކްސްގައި ކުރި ޕޯސްޓް ރީޕޯސްޓްކުރެއްވިއިރު ޑރ. އިޔާޒް ވިދާޅުވެފައިވަނީ ކަންކަން ހުއްދަވެ ހަރާމްވަނީ ވަކިބަޔަކު ވެރިކަމުގައި ތިބީމާ ނޫންކަމަށެވެ.
"ކަންކަން ހުއްދަވެފައި ޙަރާމްވަނީ ވަކިބަޔަކު ވެރިކަމުގައި ތިބީމައެއް ނޫން. މުއިއްޒުގެ ސަރުކާރު ގެންނަން ސޮއިކުރެއްވި ސަތޭކަ ޢިލްމުވެރިން ޣާފިލުކަމުގެ ނިދިންތެދުވެ، ﷲ އަށް ބިރުވެތިވެ، އިޚްލާޞްތެރިކަމާއި އެކު ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް މަނާކުރަންވެއްޖެ." ރައީސް މުޢިއްޒު ޓެގް ކުރައްވާ އިޔާޒު ލިޔުއްވާފައި ވެއެވެ.
އެ އިލްމްވެރިންނަށް އެކަން ހަނދާންކޮށްދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ، މިވަބާވެރިކަން ދިވެހި އުއްމަތަށް ފާކުރެއްވުމުގެ އެންމެ ބޮޑު އެއްސަބަބަކީ އެބޭފުޅުންކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.
"މިވަބާވެރިކަން ދިވެހި އުއްމަތަށް ފާކުރެއްވުމުގެ އެންމެ ބޮޑު އެއްސަބަބަކީ ތިޔަބޭފުޅުންކަން ހަނދާނުގައި ބަހައްޓަވާ. ޒިންމާ އަދާ ކުރައްވާ. ނޫންނަމަ ޤިޔާމަތް ދުވަހުން އަޅުގަނޑުމެންގެ ޙައްޤު މާފެއް ނުކުރާނަން." ޑރ. އިޔާޒު ވިދާޅުވެފައި ވެއެވެ.
ޑރ. އިޔާޒު މިކަން މިގޮތަށް ފާހަގަ ކުރެއްވިއިރު، އާންމު ފަރާތްތަކުންވެސް ސޯޝަލްމީޑިއާގައި ބައެއް ދީނީ އިލްމުވެރިން ޓެގްކުރައްވައި ކުރިން ދެއްކެވި ވާހަކަތައް މިހާރު ނުދައްކަވަނީ ކީއްވެތޯ ސުވާލުކޮށް ފާޑުކިޔައެވެ.