
މިދިޔަ ބުރާސްފަތި ދުވަހު ދަފްތަރުގައި އަލުން ހިމެނި ލޭބާރ ޕާޓީ އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ކަމަށް ބުނެ 2023 ވަނަ އަހަރުއެވެ.
އެ ޕާޓީ އުވާލި އިރު ޕާޓީގައި 2556 މެންބަރުން ތިއްބި ނަމަވެސް، ސިވިލް ކޯޓުގެ ހުކުމާއި އެކު އިލެކްޝަނުން ޕާޓީ އިއާދަކުރި އިރު 1874 މެންބަރުން އެ ޕާޓީގައި މިހާރު ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
އީސީގެ ދަފުތަރުގައި މިހާރު 9 ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖޭޕީ، އެމްޑީއޭ، އެމްއެންޕީ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް އަދި އެމްއެލްއެސްޑީޕީ އެވެ.




