
އިލެކްޝަނުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން ރަށު ކައުންސިލްތަކުގެ ދާއިރާތަކުގެ ޖުމުލަ އަދަދު 179 ކަމަށް ބަޔާންކޮށްފައި ވާއިރު، ރަށު ކައުންސިލްތަކަށް އިންތިހާބުކުރަންޖެހޭ ކައުންސިލަރުންގެ ޖުމުލަ އަދު 629 އަށް އަރައެވެ.
އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބުކުރަން ޖެހޭއިރު، ސިޓީތަކުގެ ދާއިރާތަކުގެ އަދަދަކީ 47 އެވެ. މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 629 މެންބަރުން އިންތިހާބުކުރަންޖެހޭއިރު، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 52 މެންބަރުން އިންތިހާބުކުރަންޖެހެއެވެ.
އެ ރިޕޯޓުގައިވާ އިންތިހާބުކުރަންޖެހޭ ދާއިރާތަކާއި މެންބަރުންގެ ޖުމްލަ އަދަދުގެ ތަފްސީލު ތިރީގައި އެވަނީ އެވެ:
އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައިވާ ގޮތުން 2000 އަށްވުރެ އާބާދީ ކުޑަވުމުން 3 ކައުންސިލަރުން ތިބޭނީ 133 ރަށެއްގައެވެ. އެގޮތުން އިންތިހާބުކުރާނީ ކައުންސިލްގެ ރައީސް އަދި 1 އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށް ކަމަށާ، ޑަބްލިޔުޑީސީއަށްވެސް އިންތިހާބުކުރާނީ 3 މެންބަރުން ކަމަށް ވަގުތީ ރިޕޯޓުގައި ވެއެވެ.
5 ކައުންސިލަރުން ތިބޭނީ 46 ރަށެއްގައެވެ. އެގޮތުން އިންތިހާބުކުރާނީ ކައުންސިލްގެ ރައީސް އަދި 2 އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށެވެ. އަދި ޑަބްލިޔުޑީސީއަށްވެސް އިންތިހާބުކުރާނީ 5 މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަނުން އާބާދީ ކަނޑައަޅުއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގައި ތިބި އާބާދީއަށް ބެލުމަށްފަހުކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މި އިންތިހާބަށްފަހު އަތޮޅު ކައުންސިލްތައް އުވިގެންދާނެއެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެން ވެސް ދާނެއެވެ.




