
ޒެމްބިއާގެ ވެރިރަށް ލޫސަކާގައި ބޭއްވި މި މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި މިސްރުގެ އިއްޒަތު ކަރީމް މަހްމޫދާއި ނޫރު އަހްމަދު ޔޫސްރީގެ ޕެއާއާ ދެކޮޅަށް ކުޅެ، ރިވައިވަލް ސްޕޯޓްސް ތަމްސީލު ކުރި ނަބާހާ އާއި ޒަޔާންގެ ޕެއާ ސީދާ ދެ ސެޓުން މި މެޗު ކާމިޔާބު ކޮށްފައި ވާއިރު، 21-18 އަދި 22-20 އިން ސެޓުތައް ގެންދިޔައެވެ.
މިއީ ބީޑަބްލިއުއެފް (ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލް ކަމަށް ވާއިރު، މިއީ ބީޑަބްލިއުއެފްގެ ސީރީޒް މުބާރަތަކުން ރާއްޖޭގެ އެތުލެޓީން ހޯދި ފަސްވަނަ ރަން މެޑަލް ކަން ވެސް ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ނަބީހާ އާ ވާދަކުރި ދެކުނު އެފްރިކާގެ އޭމީ އާކަމަން އާއި ޖޯހަނީޓާ ޝޯޓްޒްގެ ޕެއާ ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. އެ މެޗުގެ ސެޓުތައް ސީދާ ދެ ސެޓުން ގެންދިޔައިރު، 21-16 އަދި 21-14 އިން ސެޓުތައް ގެންގޮސްފައި ވެއެވެ.




