
ގިނަ ކަންބޮޑުވުންތަކެއް ހިމަނުއްވާ މީސްމީޑިއާގައި އާޠިފް ރޭ ކުރެއްވި ޕޯސްޓެއްގައި، ރައްޔިތުން ސަރުކާރު ބަދަލުކުރީ ޕްރޮޖެކްޓްތައް ލަސްކަމުން ބާރަށް ހިންގުމަށް ކަން ފާހަގަކުރައްވާ ވިދާޅުވީ، (ރައީސް މުއިއްޒު) ކެމްޕޭނުގައި ވައުދުވި އެތައް ކަމެއް އަދިވެސް ވަނީ އެ ހުރިގޮތަށް ހުއްޓިފައި ކަމަށާ، މި ސަރުކާރުއައީ، ވައްކަން އިތުރުވެގެން ވައްކަން ހުއްޓުވުމަށް ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ކުރަމުން އަންނަ ވައްކަންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން އާޠިފް ވިދާޅުވީ، އަދި މިއީ ހަތިޔާރާ އެކު އުޅުނު އިންޑިއާ ސިފައިން ބާލާ، ގެއްލުނު ކަނޑު ހޯދައިދޭނެކަމަށް ވައުދުވެ ވެރިކަމަށް އައި ސަރުކާރެއް ކަމަށާ، އަދި ހާމަ ނުކުރާނެ އެކައްޗެއްވެސް މި ސަރުކާރުގައި ނުބާއްވާނެ ކަމަށް ވެރިކަމާ ހަވާލުވުމުގެ ކުރިން މި ސަރުކާރުން ވައުދުވެފައިވާ ކަމަށެވެ.
އަދި ކޮތަޅުން ނަގަމުން އައި 2 ރުފިޔާ ކަނޑާލުމުގެ އިތުރުން ވެސް މި ސަރުކާރުން ވައުދުވެ އެއްވެސް ވަރަކަށް ނުފުއްދިވާ އެތައް ކަމެއް އެބަހުރި ކަމަށް ވިދާޅުވެ އާޠިފް ވިދާޅުވީ އެ ކަންކަމަށް ހައްލެއް ލިބި، ވެލިދޫއާއި ރާއްޖޭގެ ރައްޔިތުންނަށް ވެވުނު ވައުދުތައް ފުއްދައިދިނުމަށް މި ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
އާޠިފްކުރެއްވި ޕޯސްޓުގައި ވެލިދޫ އަށް ކޮށްދޭނެ ކަމަށް މި ސަރުކާރުން ވައުދުވެ ނުކޮށްދެވިވާ ނުވަތަ މުޅިން ހުއްޓިފައިވާ ގިނަ ކަންތައް ތަކެއް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފާހަގަކުރައްވާފައިވާ ކަންކަމަކީ:
މިކަންކަމުގެ އިތުރުން އަދިވެސް އިތުރު ކަންކަން އެބަހުރިކަމަށް ވިދާޅުވެ އާޠިފްގެ ޕޯސްޓު ނިންމަވާލައްވާފައި ވަނީ، މި ސަރުކާރަށް 2 އަހަރު ވީ އިރު ބަދަލުވީ ކޮންކަމެއްތޯ؟ އާއި ވެލިދޫ ރައްޔިތުންނަށް ވީ ކޮން ރަނގަޅެއްތޯ؟ ސުވާލު އުފައްދަވަމުންނެވެ.




