ހއ. ކެލާ، ކެލާ ފަޅުން ވަނީ ރިސޯޓް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލާފައި.--
18 ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފި
ފިޔެސް 21 ނޮވެމްބަރ 2025 (ހުކުރު)   15:19
ފަތުރުވެރިކަމުގެ ދާއިރާއަށް 18 ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލީ ހއ، ހދ، ށ. އަދި ލ. އަތޮޅުންނެވެ.

ގެޒެޓްގައި ދެ އިއުލާނެއްގެ ގޮތުގައި އިއުލާން ކޮށްފައިވާއިރު އޭގެ ތެރެއިން އެއް އިއުލާނުގައި ވަނީ ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް 13 ތަނެއް ހުޅުވާލާފަ އެވެ. އަނެއް އިއުލާނުގައި 5 ތަނެއް ހާއްސަކޮށްފައިވަނީ ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީކުރުމަށެވެ.

ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްރަށާއި ފަޅުތަކަކީ:

  1. ހއ. މާދުނި ފަރު 1 - 200 ހެކްޓަރު
  2. ހއ. މާދުނި ފަރު 2 - 200 ހެކްޓަރު
  3. ހއ. މާދުނި ފަރު 3 - 200 ހެކްޓަރު
  4. ހއ. ކެލާ ފަޅު 1 - 156.2 ހެކްޓަރު
  5. ހއ. ކެލާ ފަޅު 2 - 169.3 ހެކްޓަރު
  6. ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރު
  7. ހދ. މަކުނުދޫ ފަރު 2 - 200 ހެކްޓަރު
  8. ހދ. މާފަރު ފަރު 1 - 200 ހެކްޓަރު
  9. ހދ. މާފަރު ފަރު 2 - 200 ހެކްޓަރު
  10. ހދ. މާފަރު ފަރު 3 - 200 ހެކްޓަރު
  11. ށ. ގޮނާ ފަރު 1 - 200 ހެކްޓަރު
  12. ށ. ގޮނާ ފަރު 2 - 200 ހެކްޓަރު
  13. ށ. ގޮނާ ފަރު 3 - 200 ހެކްޓަރު

-

ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން މަތީގައިވާ 13 ތަނާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 9 ޑިސެމްބަރު ވާ އަންގާރަ ދުވަހު އަދި 6 ޖަނަވަރީ ވާ އަންގާރަ ދުވަހު 11:00 ގައި ވާޗުއަލް ކޮށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 3 ފެބްރުއަރީ ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ.

ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރަން އިއުލާންކުރި 5 ތަނަކީ:

  1. ހއ. ބީނާފުށި (2.21 ހެކްޓަރު)
  2. ހއ. ކަނޑާލިފިނޮޅު (5.05 ހެކްޓަރު)
  3. ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރު
  4. ށ. ފުރިފަރު - 4.34 ހެކްޓަރު
  5. ލ. ފޮނަގާދޫ - 8.18 ހެކްޓަރު

-

ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން މަތީގައިވާ 5 ތަނާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 9 ޑިސެމްބަރު ވާ އަންގާރަ ދުވަހު އަދި 6 ޖަނަވަރީ ވާ އަންގާރަ ދުވަހު 9:00 ގައި ވާޗުއަލް ކޮށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 3 ފެބްރުއަރީ ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ މި އިއުލާނާ ގުޅޭ ބީލަން ފޮތް އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށާއި އެ އިދާރާއަށް ހާޒިރުވެގެން ހަމަޖެހޭނެ އެވެ.

ކޮމެންޓް