
ފައްޔާޒު އެކްސްގައި ޕޯސްޓުކުރައްވަމުން އިއްޔެ ވިދާޅުވީ ، އައްޑޫ ހަންކެޑެ މަޝްރޫއު ގެއްލުވާލުމަށް ފަހު އެންމެފަހުން ޓޫރިޒަމް ބިންތައް ވެސް މި ސަރުކާރުން އަތުލަމުންދާ ދިޔުމަކީ، ޓޫރިޒަމްގެ ސީދާ މަންފާ އައްޑޫގެ ރައްޔިތުންނަށް ލިބިދާނެތީ އެެ ކަމަށް ހުރަސް އެޅުމަށްޓަކައި ކަމަށެވެ.
"އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ހިތަދޫ ސަރަހައްދުން ކަނޑައެޅި ހާއްސަ ޒޯނު މުއިއްޒުގެ ސަރުކާރުން އަތުލީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އައްޑޫ ސިޓީއިން ކުރަމުންދާ މަސައްކަތްތައް އެއްކޮށް ހުއްޓުވާލުމަށް. ހަންކެޑެ މަޝްރޫއު ގެއްލުވާލުމަށް ފަހު އެންމެފަހުން ޓޫރިޒަމް ބިންތައް ވެސް އަތުލަމުން އެ ދަނީ ޓޫރިޒަމްގެ ސީދާ މަންފާ އައްޑޫގެ ރައްޔިތުންނަށް ލިބިދާނެތީ އެެ ކަމަށް ހުރަސް އެޅުމަށް." ފައްޔާޒު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ، ޕީއެންސީގެ ސިޔާސަތަކީ އައްޑޫ އެކަހެރިކޮށް ބާކީކޮށްލުން. އެމްޑީޕީގެ ސަރުކާރެއްގައި މި ސަރުކާރުން އަތުލާ އައްޑޫގެ ޓޫރިޒަމް ބިންތައް ސިޓީ ކައުންސިލާ އަލުން ހަވާލުކުރާނަން.
ހިތަދޫ ޕޯޓުން ފެށިގެން ހަންކެޑެއާ ދެމެދު، އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ 2.4 ކިލޯމީޓަރު ދިގު ބީޗަކާއެކު އޮތް 40 ހެކްޓަރުގެ ބިމަކީ ފާއިތުވި އެމްޑީޕީ ސަރުކާރުގައި ނިންމާފައިވާ މަޝްރޫއެއް ނަމަވެސް އެ ބިން މިހާރުވަނީ ރައީސް މުއިއްޒުގެ މި ސަރުކާރުން އަތުލާފައެވެ.




