ފެމެލީ ކެއަރގެ މެނޭޖްމެންޓާއި މުއައްޒަފުން - ފޮޓޯ: ފެމެލީ ކެއަރ ކްލިނިކް
ނަފްސާނީ ހިދުމަތްތައް ފުޅާކޮށް، ރާއްޖޭގައި މަދު ޑޮކްޓަރުން ފެމެލީކެއަރ އަށް ގެންނަނީ
ފެމެލީ ކެއަރ އަށް 18 އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، އެ ކްލިނިކުން ވަނީ ގިނަ ކަންތައްތަކެއް ހާސިލް ކޮށްފައި
މުޙައްމަދު ޤާސިމް 24 ނޮވެމްބަރ 2025 (ހޯމަ)   17:26
ފެމެލީ ކެއަރ ކްލިނިކްގެ ނަފްސާނީ ހިދުމަތްތަކާ ބެހޭ ޑިޕާޓްމެންޓާއި ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ފުޅާކުރުމުގެ އިތުރުން ވެސް، އިތުރު ހިދުމަތްތަކެއް ތައާރަފް ކޮށް، ރާއްޖޭގައި މަދު ޑޮކްޓަރުން ފެމެލީކެއަރ އަށް ގެންނައުމަށް މިހާރު އަމާޒު ހިފާފައިވާ ކަމަށް އެ ކްލިކުން ހާމަކޮށްފިއެވެ.

ފެމެލީ ކެއަރ އަށް 18 އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، ފިޔެސް އާ މައުލޫމާތު ހިއްސާކުރައްވާ އެ ކްލިނިކްގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ފެމެލީ ކެއަރ ކްލިނިކަށް 18 އަހަރު ފުރޭއިރު، އެ ކްލިނިކުން ވަނީ، އެތަނަށް ގެނައުމަށް ބޭނުންވި ގިނަ ބަދަލުތަކެއް ގެނެސް ގިނަ ކަންތައްތަކެއް ވެސް ހާސިލް ކޮށްފައި ކަމަށެވެ.

އެގޮތުން އެ ކްލިނިކް ފުރަތަމަ ފަށައިގަތީ ޖާގައިގެ ގޮތުން ވަރަށް ކުޑަ ތަނެއްގައި ކަމަށްވާއިރު، މިއަދު މި ވަނީ 14 ކޮޓަރީގެ ބޮޑުތަނަކަށް ބަދަލް ކޮށް ތަރައްގީ ކުރެވިފައި ކަން ފެމެލީ ކެއަރ އިން ފާހަގަކުރެއެވެ.

"އަޅުގަނޑުމެން ފުރަތަމަ ފަށައިގަތީ ހަމައެކަނި ބަލިމީހުން ބެލުމުގެ ހިދުމަތްތައް ކަމަށް ވީނަމަވެސް، މިހާރު މިވަނީ ބަލިމީހަކަށް އެއް ފުރާޅެއްގެ ދަށުން ލިބެންޖެހޭ ގިނަގުނަ ހިދުމަތްތަކެއް މި ކްލިނިކުން ލިބޭނެ މަގު ފަހިކޮށްދެވިފައި، އެކަމާ މިއަދު ވަރަށް އުފާކުރަން." - ފެމެލީ ކެއަރގެ އޮފިޝަލް

އެގޮތުން ފެމެލީ ކެއަރ އިން މިހާރު ދެމުން އަންނަ ހިދުމަތްތަކުގެ ތެރޭގައި:

  • ޑޮކްޓަރަށް ދެއްކުން
  • ބަލިމީހުން ބަލަން ގޭބިސީތަކަށް ޒިޔާރަތްކުރުން
  • ހިތުގެ ޓެސްޓް ތަށް ހެދުން
  • ލޭގެ ޓެސްޓްތަށް ހެދުން
  • ގޭބިސީތަކަށް ގޮސްގެން ލޭ ނެގުމުގެ ހިދުމަތް ދިނުން
  • ސްކޭން ކުރުން
  • އެކްސްރޭގެ ހިދުމަތް
  • ކުދި އޮޕެރޭޝަން ތައް ކޮށްދިނުމުގެ ހިދުމަތް
  • ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކައުންސިލިން ދިނުން
  • ކެއުން ބުއިމުގެ ހާއްސަ މާހިރުން ގެ ލަފަޔާ އިރުޝާދު ފޯރުކޮށްދިނުން ހިމެނެއެވެ.
  • your imageފެމެލީ ކެއަރ ގ.ނޫރާނީމާގެ، މަޖީދީމަގު - ފޮޓޯ: ފެމެލީ ކެއަރ

ފެމެލީ ކެއަރގެ ނަފްސާނީ ހިދުމަތްތަކާ ބެހޭ ޑިޕާޓްމެންޓާއި ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ފުޅާކޮށް، އަދިވެސް އިތުރު ހިދްމަތްތަކެއް ތައާރަފް ކުރުމުގެ އިތުރުން ރާއްޖޭގައި މަދު ޑޮކްޓަރުން އެ ކްލިނިކަށް ގެންނައުމަށް އަމާޒު ހިފާފައިވަނީ، ރާއްޖޭގެ ރައްޔިތުންނަށް އެކަށޭނަ ގޮތުގައި ފެންވަރު ރަނގަޅު އިތުބާރުހިފޭ ހިދުމަތްތަކެއް ފޯރުކޮށް ދިނުމާއެކު، ރާއްޖޭގައި މިހާރަށްވުރެ ދުޅަހެޔޮ ވެއްޓެއް ގާއިމްކުރުމުގެ މަގުސަދުގައި ކަމަށް ފެމެލީ ކެއަރގެ އޮފިޝަލް ފިޔެސް އާ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވިއެވެ.

ފެމެލީ ކެއަރ ހުންނާނީ ގ. ނޫރާނީމާގެ، މަޖީދީމަގު، ސީކްރެޓް ރެސިޕީ އާ ޖެހިގެންނެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ފެމެލީ ކެއަރ ކްލިނިކްގެ ހޮޓްލައިން 3300767 ނަމްބަރު ފޯނަށެވެ.

ކޮމެންޓް