
އެ އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމެންޓު، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުން 105 ތަނެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށާ، އެ އޮޕަރޭޝަން ރާއްޖޭގެ 39 ރަށެއްގައި ހިންގީ 500 ފުލުހުން ގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.
އަދި އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 38 މީހަކު ކޯޓަށް ހާޒިރުކޮށް މުއްދަތް ޖަހާފައި ވާއިރު، 61 މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސި ވެސް ވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން ވަނަވަރު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އާންމުކޮށްފައި ވާއިރު ހައްޔަރުކުރި މީހުންގެ އަދަދު އެ މީހުން ހައްޔަރުކުރި އަތޮޅުތަކާ އެކުގައި ތިރީގައި އެވަނީއެވެ:
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް މި ފަހުގެ ތާރީހެއްގައި މުޅި ރާއްޖޭގައި ހިންގި އެންމެ ބޮޑު އޮޕަރޭޝަން ކަން ފާހަގަކުރައްވާ ފުލުހުން މިއަދު ބުނެފައި ވަނީ، މުޅި ރާއްޖޭގައި އެއްވަގުތެއްގައި އެއްފަހަރާ ހިންގާ އޮޕަރޭޝަން އަލިމަގު ކުރިއަށް ގެންދަނީ ފޭސްތަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަންގެ ފުރަތަމަ ފޭސް މިމަހު 13 ވަނަ ދުވަހު ފަށައިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 29.68 ކިލޯގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.




