
2005 ވަނަ އަހަރު ވުޖޫދުވި ޖާރނީ ގެ 20 ވަނަ އަހަރީދުވަސް މިއަދު ފާހަގަކުރާއިރު، އަހަރީދުވަހުގެ މުނާސަބަތުގައި އެ އެންޖީއޯއިން އިފްތިތާހުކުރި މި ސްޓްރެޓެޖީ އަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމުން ދިފާއުވުމުގެ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ސައިންސްގެ ހެކިތަކަށް ބިނާކޮށް ފަރުމާކުރެވިފައިވާ މުހިންމު އޮނިގަނޑެއް ކަމަށާ، މިއީ ރާއްޖޭގެ މަސްތުވާތަކެތިބޭނުން ކުރުމުގެ ހާލަތުބަދަލު ކުރުމުގެ މާތް ނިޔަތުގައި އުކުލަވާލި އޮނިގަނޑެއް ކަމަށް ޖާރނީ އިން މައުލޫމާތު ދެއެވެ.
"މި އޮނިގަނޑު އިފްތިތާހު ކުރެވުމަކީ، ރާއްޖޭގައި މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު ކުޑަވެ، މުޖުތަމައުގެ ވިލުންތެރިކަން އިތުރުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުމަކަށް ވެގެންދާނެ ކަމެއް ކަމަށް އުންމީދުކުރަން." - ޖާރނީގެ ތަރުޖަމާނު ޢަލީ އަދީބު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން، މުޖުތަމައުގެ ވިލުންތެރިކަން އިތުރުކުރުމުގެ މައިގަނޑު ތަނބެއްގެ ގޮތުގައި ޒުވާނުން އިސްކުރުމާއި، މުޖުތަމައު ހޭލުންތެރިކުރުމާއި، ކަމެއް ގޯސްވުމުން ރައްދު ދިނުމުގެ ދޯހަޅި އުސޫލުގެ ބަދަލުގައި ފައިދާބޮދު ރައްކާތެރިކަން އިސްކުރުމުގެ ސަގާފަތްތައް ދިރުވުމަށް "ރައިޒް" ގެ ނަމުގައި މަގުޗާޓެއް ވެސް މި އޮނިގަނޑުގެ ދަށުން އެކުލަވާލާފައި ވާނެ ކަމަށް ވެސް ޖާރނީ އިން މައުލޫމާތު ދެއެވެ.
ވިލުންތެރި، މައުލޫމާތު، ހުނަރުތައް އަދި ބާރުވެރިކުރުން، ރަމްޒުކޮށްދޭ މި "ރައިޒް" މަގުޗާޓުގެ ދަށުން 20 އަތޮޅުގެ 1,900 ޒުވާނުންގެ ލީޑަރުން "ޕްރިވެންސަން އިންފުލުއެންސަރސް" ގެނަމުގައި ތަމްރީނުކުރާނެ ކަމަށާ، އެ ލީޑަރުން ތަމްރީނުކުރާނީ މަސްތުވާތަކެތިން ރައްކާތެރިވުމަށް އިސްކަންދޭ ނުފޫޒުގަދަ މަސައްކަތްތަކެއް ކުރާ ބައެއްގެ ގޮތުގައި ކަމަށް ވެސް ޖާރނީ އިން ބުނެއެވެ.
މި ޒުވާން ލީޑަރުން، ސްކޫލްތަކާއި، އާއިލާތަކާއި، ރަށު ކައުންސިލްތަކާއި، ދީނީ އިލްމުވެރިންނާއި، ސިވިލް ސޮސައިޓީގެ ގްރޫޕްތަކާ ގުޅިގެން، މަސްތުވާތަކެތިން ރައްކާތެރިވެ ތިބުމުގެ މަސައްކަތްތަކަށް ތާއީދު ހޯދުމަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރި ވާނެ ކަމަށް ޖާރނީ އިން ބުނެއެވެ.
- ޖާރނީގެ ތަރުޖަމާނު ޢަލީ އަދީބު ވިދާޅުވިއެވެ.
އަދި މި މިންގަނޑުތައް ބިނާކުރެވިފައިވަނީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކުގެ މައްޗަށް ކަމަށާ، ނަމަވެސް އެއީ މުޖުތަމައުގެ ހަގީގަތްތަކަށް ފައްތާފައިވާ ގައުމުގެ ހާއްސަ އިޖުތިމާއީ، އަދި ސަގާފީ، މިންގަނޑުތަކެއް ކަމަށް ވެސް ޖާރނީ އިން ބުނެއެވެ.
މި މިންގަނޑުތަކުގައި ބާރުއަޅައި ކަންކަމަކީ:
- ޖާރނީގެ ތަރުޖަމާނު ޢަލީ އަދީބު ވިދާޅުވިއެވެ.
މި އިސްނެގުން އައިސްފައި މިވަނީ މަސްތުވާތަކެތި ބޭނުންކުރަން ފަށާ އުމުރު ދަށްވުމާއި، ނުރައްކާތެރިކަން އިތުރުވާ ކަމުގެ ކަންބޮޑުވުންތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި ކަމަށާ، ޕްރިވެންސަން މަސައްކަތްތައް ގައުމީ އިސްކަމެއްގެ ގޮތުގައި ކުރިއެރުވުމަށް ޖާރނީއިން ގޮވާލި ގޮވާލުމަށް، ތައުލީމީ ފަރާތްތަކާއި، ބެލެނިވެރިންނާއި، ލޯކަލް ކައުންސިލްތަކުން ބަލައިގަތުމަކީ މުހިންމު ކަމެއް ކަމައް ވެސް އެޖަމްއިއްޔާ އިންދެކެއެވެ.
އަދި ކުރިއައް އޮތް ދުވަސްތަކުގެ ތެރޭގައި، ހަރުދަނާ އޮނިގަނޑަކަށް ފެތޭ ގޮތަށް ތަމްރީނުތައް ފަށައި، ރަށު ފެންވަރުގައި ހޭލުންތެރިކުރުމުގެ މަސައްކަތްތައް ފެށުމަށް ޖާރނީއިން ވަނީ ނިންމާފައި ކަމަށާ، ޒުވާނުން އިސްކޮށް ހިންގާ ހަރަކާތްތައް އަންނަ އަހަރު ފެށޭހިސާބުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖާރނީ އިން ބުނެއެވެ.
- ޖާރނީގެ ތަރުޖަމާނު ޢަލީ އަދީބު ވިދާޅުވިއެވެ.
އަދި މި މަސައްކަތްތަކަކީ އެއްފަހަރު ހިންގާލާ މަސައްކަތަކަށް ނުހަދައި، ދިގު ދެމިގެންދާ ގައުމީ މަސައްކަތަކަށް ހެދުމަށްޓަކައި، ސަރުކާރުގެ މުއައްސަސާތަކާއި، ސްކޫލްތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، މުޖުތަމައުގެ އެކި އެކި ގްރޫޕްތަކާ ގުޅިގެން މަސައްކަތްކުރުމުގެ ކަށަވަރުކަން ޖާރނީ އިން ދޭކަމުގައި ވެސް އެ ޖަމިއްޔާއިން ބުނެއެވެ.




