
މެޓް އޮފީހުން ބުނަނީ، މިއަދު ފަތިހުން ފެށިގެން ހެނދުނު 10:30 އާ ދެމެދުގެ އެ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާ، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.
އަދި އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާ، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
އުތުރުގެ ރަށްތަކަށް އާންމު ގޮތެއްގައި ކަނޑުތައް މަޑުވެ އެހެން ހިސާބުތަކަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާ އިން ލަފާކުރާއިރު ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށް ވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.
މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަކުރަމުން ދާއިރު، ރާއްޖެ ހިމެނޭހެން މުޅި އޭޝިއާ އަށްވެސް މޫސުން ވަނީ ގޯސްވެފައެވެ.




