
އެ ފައިސާ ހަދިޔާކުރެއްވުމުގެ ގޮތުން ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަދި ދ.މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވަނީ ސްރީ ލަންކާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއާ ބައްދަލުކުރައްވައި އެހީގެ ރަމްޒީ ޗެކެއް ހަވާލުކުރައްވާފައެވެ.
މި ޚަބަރު އާންމުކޮށްފައިވާ ސަން ސިޔާމް ގްރޫޕްގެ ފަރާތުން ހިންގާ "ސަން އޮންލައިން" އިން ބުނެފައިވާ ގޮތުން ހަދިޔާ ކުރަން ނިންމި 200،000 ޑޮލަރުގެ ތެރެއިން މިއަދު ހަވާލުކުރީ 75،000 ޑޮލަރެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ބައި ހަވާލުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ދެ ލައްކަ ޑޮލަރަކީ 61.54 މިލިޔަން ލަންކާ ރުޕީސް އެވެ.
ސަން އިން ބުނި ގޮތުގައި މާދަމާއިން ފެށިގެން ސަން ސިޔާމް ގްރޫޕުގެ ކުންފުނިތަކާއި ރިސޯޓުތަކުގައި ވެސް އެހީ ހޯދުމަށް ފައިސާ އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
އަދި ސިޔާމް ވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސެނަޔަކައަށް ގުޅުއްވައި ހިތްވަރު ދެއްވައި އެކުގައި ތިބިކަން ޔަގީންކޮށްދެއްވުމަށް ހާއްސަ ސިޓީއެއް ވެސް ފޮނުވާފައި ކަމަށް ވެސް ބުނެފައިވެ އެވެ.
ތޫފާން ދީތުވާ ސްރީ ލަންކާގެ އިރުމަތީ އައްސޭރިއަށް އެރުމުގެ ސަބަބުން، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ އުމްރާނީ ބޮޑެތި ގެއްލުންތައް ވެސް ވަނީ ވެފަ އެވެ.
ތޫފާން ޑިޓުވާގެ ސަބަބުން ލިބުނު ގެއްލުންތަކުގައި ލަންކާއިން މިހާތަނަށް 200 އަށްވުރެ ގިނަ މީހަކު ވަނީ މަރުވެފަ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމުގެ ސަބަބުން 108,000 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފަ އެވެ.
ތޫފާނުގައި ގެއްލުން ލިބެމުން އަންނަ މީހުންނަށް އެހީތެރިވުމަށް ލަންކާއިން އަންނަނީ އެމަޖެންސީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
މީހުން ސަލާމަތް ކުރުމާއި ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިޔުމަށް ލަންކާ ސިފައިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.




