ތޫފާނުގެ ސަބަބުން ލަންކާގައި ފެންބޮޑުވެ ގެތައް ފެނުއަޑީގައި - ފޮޓޯ: ރޮއިޓާޒް
ތޫފާނުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 400 އިން މައްޗަށް އަރައިފި
ޖުނާން އަޙުމަދު 3 ޑިސެމްބަރ 2025 (ބުދަ)   09:46
ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވި ތޫފާން ޑިޓުވާގެ ސަބަބުން އަވައްޓެރި ސްރީލަންކާގައި ފެންބޮޑުވެ ހިނގި އެކި ހާދިސާތަކުގައި 410 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފި އެވެ.

އެ ގައުމުގެ މީޑީއާ ރިޕޯޓުތައް ބުނާގޮތުން މި ހާދިސާގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ ގަމްޕަހާ، މަންނާރު އަދި ޕުއްތަލަމް ފަދަ އައްސޭރިފަށުގައި ހުރި ސަރަހައްދުތަކަށް ކަމަށާ، މި ތޫފާނުގެ ސަބަބުން ލަންކާގެ 25 ހިސާބަކުން 1.4 މިލިޔަން މީހުންނަށް ގެއްލުންވެފައިވާ ކަމަށް ވެސް ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މިކަމުގެ ސަބަބުން 60،000 އަށްވުރެ ގިނަ މީހުންނަށް ގެއްލުންވެ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާއިރު، މި ކާރިސާގައި އެ ގައުމުގެ 20،000 އެއްހާ ގެ އެއްކޮށް ހަލާކުވެފައިވާ ކަމަށް ވެސް ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ކޮމެންޓް