ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސަނީ އުމަރު.--
ފުރައިގެން ދާން އުޅެނިކޮށް ސަނީ އުމަރު ހައްޔަރުކޮށްފި
ހަސަން އިބްރާހީމް 1 ޑިސެމްބަރ 2025 (ހޯމަ)   22:26
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ އުމަރު، ރާއްޖެ ދޫކޮށް ފިލައިގެން ދާން އެއާޕޯޓުގައި ހުއްޓައި ހައްޔަރުކޮށްފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މިދިޔަ ހަފުތާގައި ވެސް ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އެނބުރި މާލެ އައީ މިއަދު ހަވީރުގެ ވަގުތެއްގެ އެވެ.

ސަނީ އުމަރު މިއަދު ހަވީރު ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ, ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ހާޒިރުކުރިއެވެ. އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ.

ސަނީ މިރޭ ހައްޔަރުކުރީ ރާއްޖޭން ބޭރަށް ފުރަން ގޮސް އެއާޕޯޓްގައި ހުއްޓާ ކޯޓު އަމުރެއްގެ ދަށުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސަނީ މިރޭ ހައްޔަރުކުރުމާ ގުޅޭގޮތުން ފުލުހުން ބުނީ "ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި" ކަމަށާއި އޭނާ ހައްޔަރުކުރީ އެއާޕޯޓުން ކަމަށެވެ.

ސަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ އެ ކުދިންގެ އާއިލާއިން އޮތީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް