ޢަބްދުﷲޢަބްދުﷲ ޝާހިދު (ވ) އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް (ކ)
އދ. ގެ ކުރީގެ ރައީސް ޝާހިދު އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރައްވައިފި
ޖުނާން އަޙުމަދު 5 ޑިސެމްބަރ 2025 (ހުކުރު)   15:23
އދ. ގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ނިއުޔޯކުގައި ކުރިއަށްދާ އައިސީއޯ (އިންޓަނޭޝަނަލް ކޮމިއުނިޓީ އޮގަނައިޒޭޝަން) ގެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ނިއުޔޯކުގައި މިވަގުތު ހުންނެވި ޝާހިދު، ގުޓަރެސްއާ ބައްދަލު ކުރައްވައި، އައިސީއޯގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ.

އަދި އދ. ގެ ލީޑަރޝިޕަށް ޝުކުރު އަދާކުރައްވައި މިކަމުގައި އދ. ގެ އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ޝާހިދުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.

އައިސީއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެ އިވެންޓުގެ ކޯ ސްޕޮންސަރުން ކަމަށްވާ ބަހްރެއިން، ގަޔާނާ، ހަންގޭރީ، ކުވައިތު، ސަމޯއާ، ސިންގަޕޫރު، ތަޖިކިސްތާން، ޓޮންގާ، އަދި ޔޫގަންޑާގެ ޕަރމަނަންޓް މިޝަންތަކަށް ޝުކުރު އަދާކުރައްވާ ޝާހިދު ވަނީ އެކްސްގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ.

ކޮމެންޓް