
ޔުނިވާސަލް އިން އެ ފައިސާ ހަވާލުކުރީ ރާއްޖޭގައި ހުންނަ ސްރީލަންކާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއާ އެވެ. ޔުނިވާސަލްގެ ފަރާތުން އެ ފައިސާ ހަވާލުކޮށްދެއްވީ ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެސިސްޓެންޓް ޑައިރެކްޓަރ ކޮމްޕްލައަންސް އިޔާޒް ވަހީދެވެ.
ސްރީލަންކާ ހައިކޮމިޝަނުން މިއަދު ވަނީ އެ ގައުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ޔުނިވާސަލް އިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކޮށްފަ އެވެ.
ތޫފާން ދީތުވާގެ ސަބަބުން ސްރީލަންކާއިން މަރުވި މީހުންގެ އަދަދު ވަނީ 600 އަށްވުރެ މައްޗަށް ގޮއްސައެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމުގެ ސަބަބުން 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލުމުގެ އިތުރުން ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިޔަން މަސްދަޅު) އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ހިންގި ޓެލެތޯން އިންނާއި ރާއްޖޭގެ ވިޔަފާރި ކުންފުނި ތަކުގެ އިތުރުން އަމިއްލަ މީހުން ހަދިޔާކުރި ފައިސާއާއެކު ރާއްޖޭން ވަނީ ދެމިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލަންކާއަށް ހަދިޔާކޮށްފައެވެ.




